ދިވެހިރާއްޖެ
ސ.ފޭދޫ ސްކޫލުގެ ބައެއް ފާޚާނާތަކުގައި ކުރަންޖެހޭ މަރާމަތުގެ މަސައްކަތްތައް
ޕްރޮޖެކްޓް ނަންބަރު : GS45/2026/01
ސ.ފޭދޫ ސްކޫލުގެ ބައެއް ފާޚާނާތަކުގެ މަރާމަތުގެ މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބްރުއަރީ 2026 އިން 22 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ރަޖިސްޓްރޭޝަން ފޯމުގެ ލިންކް: https://forms.gle/VvMtpLXiMaCbNuwFA
މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑް ޑޮކިއުމެންޓްގައި ހިމަނާފައި ވާނެއެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 12 ފެބްރުއަރީ 2026 އިން ފެށިގެން 22 ފެބްރުއަރީ 2026 ގެ ނިޔަލަށް ސަރުކާރު އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ބިޑް ހުޅުވުން އޮންނާނީ 23 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ހެނދުނު 11:30 ގައި މިސްކޫލުގައެވެ.
ފޭދޫ ސްކޫލް
ސ.ފޭދޫ، އައްޑޫ ސިޓީ
ފޯން: 6892546
އީމެއިލް: [email protected]
