ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

ޤާނޫނު ނަންބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ތިރީގައިވާ ކަންކަމާބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުން 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ރޭ 21:30 ގައި ވިލުފުށީ ސުކޫލް ޓީ.އާރު.ސީގައި އޮންނާނެއެވެ. މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންކަން ތިރީގައި އެވަނީއެވެ.

  • 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހިއްސާކުރުން
  • 2025 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާކުރުން
  • 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރުން

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 ފެބުރުވަރީ 2026
ހޯދާ