ދިވެހިރާއްޖެ
6 (ހައެއް) މަސް ދުވަހަށް މިރަށު ކުނިކޮށި ސާފުކޮށް ބެލެހެއްޓުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 22 ފެބްރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވި ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.
|
ބައްދަލުވުން |
ތާރީޙް |
ގަޑި |
|
ބީލަމާބެހޭ މަޢުލޫމާތު ދިނުން |
22 ފެބްރުވަރީ 2026 (އާދިއްތަ) |
10:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
24 ފެބްރުވަރީ 2026 (އަންގާރަ) |
10:00 |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
