އިޢުލާން
ވަޒީފާގެ ފުރުޞަތު:
|
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނަށް ފައިނޭންސް އެސިސްޓެންޓަކު ހޯދުމަށް ކުރެވުނު IUL) WMC/GOV/2015/2) ނަމްބަރުގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
|
މަޤާމު
|
ފައިނޭންސް އެސިސްޓެންޓް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސިސްޓެންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
ޢިނާޔަތްތައް
|
-/8،000 ރުފިޔާއާއި -/12,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
1 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- އެކައުންޓްސް މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްގެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓްސް މަސައްކަތާ ގުޅުންހުރި ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަނުން ދުވަހުން ދުވަހަށް އެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފަރާތްތަކަށް ހަވާލުކުރުން.
- ދުވަހުން ދުވަހަށް ލިބޭ ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ލިބޭ ފައިސާ ގަވައިދުން ބޭންކަށް ޖަމާކުރުން.
- ކޯޕަރޭޝަންގެ ކަސްޓަމަރުންނާއި ސަޕްލަޔަރުންގެ މަޢުލޫމާތު ގަވައިދުން އަޕްޑޭޓްކުރުން.
- ކޯޕަރޭޝަންގެ ކަސްޓަމަރުންގެ އިންވޮއިސް ދުވަހުން ދުވަހަށް ފޮނުވުން.
- ކޯޕަރޭޝަންގެ ބޭންކު އެކައުންޓްތައް މަހުން މަހަށް ރީކޮންސައިލް ނުރުން.
- ކޯޕަރޭޝަންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ރިކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުމައި، ބޭނުންވާ ރިޕޯޓްތައް ދުވަހުން ދުވަހަށް ތަޔާރުކުރުމާއި، ފައިނޭންޝަލް އިންފޮމޭޝަން ގަވައިދުން އަޕްޑޭޓްކުރުން.
- އިންޓަނޭސަނަލް ފައިނޭންސަލް ރިޕޯޓިންގ ސްޓޭންޑަޑްތަކާއި، އާންމުކޮށް ގަބޫލުކުރާ ހަމަތަކާއި މިންގަޑުތަކާ އެއްގޮތަށް ފައިސާގެ ހިސާބުތައް ބަލަހައްޓައި ތައްޔާރުކުރުން.
- ކޯޕަރޭޝަނުން ހިންގާ އެންމެހައި ޕްރޮގްރާމްތަކެއްގެ ހިސާބުތައް ބެލެހެއްޓުމާއި، ޕްރޮގްރާމްތަކުގެ ޚަރަދުތައް ކަނޑައަޅާފައިވް ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުން.
- ކޯޕަރޭޝަންގެ އޮޑިޓަރުންނަށް ބޭނުންވާނޭ އެންމެހައި މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ފައިނޭންސް ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތައް ދުވަހުން ދުވަހަށް ނިންމުން.
- އޮފީހުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް
|
1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި
|
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
|
ސުންގަޑި |
2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުން.
|
އިންޓަވިއު |
- އިންޓަވިއުއާއި އިމްތިޙާންކުރުން 10 ޑިސެންބަރު 2015 އާއި 17 ޑިސެންބަރު 2015 އާ ދޭތެރޭގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
- އިންޓަވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަނުގެ 3000584 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|
25 ޞަފަރު 1437
|