މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (އުނގޫފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރ / އުނގޫފާރު ކައުންސިލް އިދާރާ)

ނަންބަރު: (IUL)303-CA/303/2026/9

ވަޒީފާގެ ފުރުސަތު

މަޤާމް:              މަސައްކަތު

މަޤާމުގެ އަދަދު:        2

މަޤާމުގެ ގިންތި:        ކޮންޓްރެޓް (3 މަސް)

މަސައްކަތް ކުރާތަން:     އުނގޫފާރު ވޭސްޓްމެނޭޖްމަންޓް ސެންޓަރ / އުނގޫފާރު ކައުންސިލް އިދާރާ  

މުސާރަ:             3300.00 (ތިންހާސް ތިންސަތޭކަ ރުފިޔާ)

ސާރވިސް އެލަވަންސް:   މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20

މިނިމަމްވޭޖް އެލަވަންސް:   މިނިމަމް ވޭޖްގެގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު                             ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް.

                  މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1-      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

2-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

3-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:   

  1. ގޭގެއިން ނަގާ ކުނި ވަކިވަކި ޑަސްޓްބިންތަކަށް އަޅާ ކުނި ވަކިކުރުން
  2. ކޮންމެ ދުވަހަކު ނަގާ ކުނި އެދުވަހެއްގެ 2:30 ފަހުން އެންދުން
  3. ކުނިވާ ތަކެތި އަޅާ ޑަސްބިންތައް ރަގަޅަށް ސާފުކޮށް ދޮވުން
  4. ކުނި އަންދާ ނިމުމުން އަށިކައިރިއާއި ކޮންކްރީޓް ޝީޓްމަތި ސާފުކޮށް ކުނިކެހުން

 

ހުށަހަޅަންޖެހޭ ތަކެތި:    1- ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

                 2- އައިޑީ ކާޑް (ކިޔަން އެނގޭ ސާފު) ކޮޕީ

                 3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގ ސެޓްޕިކެޓްގެ ކޮޕީ

                 4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެނގޭގޮތަށް ތައްގަޑުޖެހި ލިޔުން.

 

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 19 ފެބްރުއަރީ 2026، ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 2026 ފެބްރުއަރީ 22 ން 26 އާއި ދެމެދު ދުވަހު، ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

12 ފެބުރުވަރީ 2026
ހޯދާ