މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަން ބެލެހެއްޓުން

މިކައުންސިލްގެ ބެލެމުގެ ދަށުގައިވާ މިދަންނަވާ ތަންތަން 1 އަހަރަށް ކޮންޓްރެކްޓް އުޞޫލުން މަހަކު 12,500.00 ރުފިޔާ (ބާރަހާސް ފައްސަތޭކަ ރުފިޔާ) އަށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށްއެދި ހުށަހަޅުއްވާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެއެވެ.

1 އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަންއެނގުން.

2 ޢުރުން 18 އަހަރާއި، 60 އަހަރާއި ދެމެދުގެ މިފަދަ މަސައްކަތެއް ކުރެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކުކަމުގައިވުން.

ކައުންސިލްގެ ބެލެމުގެ ދަށުގައިވާ ތަންތަނާއި އެތަންތަނުގައި ކުރަންޖެހޭ މަސައްކަތް:

ތަން

މަސައްކަތް

ކުޑަކުދިންގެ ޕާކް

  • ޕާކުގެ އެތެރޭގެ އެންމެހައި ތަކެތި ފުހެ ސާފުކުރުމާއި އެތެރޭގެ ވިނަ ނޮޅާ ސާފުކުރުން.
  • ޕާކުގެ ލައިޓްތައް ދިއްލުމާއި ނިއްވުން. (ކައުންސިލްގެ ލަފާގެ މަތިން)
  • ކުދިކުދި މަރާމާތުތައްކުރުން.
  • ޕާކުގެ އެތެރެއާއި ބޭރުގައި ގަސް އިންދާ ހެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

ފެރީހަޓް

  • ފެރީހަޓްގެ އެތެރެއާއި ފާހާނާތައް ދުވާލަކު 1 ފަހަރު ސާފުކުރުން
  • ފެރީހަޓުގެ ބޭރުކައިރި ސަރަހައްދު ހަޑިވިޔަނުދީ ސާފުކޮށްބެލެހެއްޓުން
  • ހަވީރު 6:00 އިން ހެނދުނު 6:00 އަށް ބޮކިތައް ދިއްލާބެލެހެއްޓުން.
  • ފާހާނާތައް ހުޅުވާއި ލެއްޕުން. (ކައުންސިލްގެ ލަފާގެ މަތިން)
  • ކުދިކުދި މަރާމާތްތައްކުރުން. ( ބޮކި،ފަންކާ، ފާހާނާގެ އެތެރޭގެ ސާމާނު (މުސްލިމްޝަވަރ، ފެންއިސްކުރު،ބޭރު ފެންމާގަނޑު ފަދަ ތަކެތި) ހަލާކުވުމުން ބަދަލުކުރުން.

އައުޓްޑޯޖިމް

  • ޖިމްގެ އެތެރޭގެ އެންމެހައި ތަކެތި ފުހެ ސާފުކުރުމާއި އެތެރޭގެ ވިނަ ނޮޅާ ސާފުކުރުން.
  • ބޭރުކައިރި ސާފުކޮށް ބެލެހެއްޓުން.
  • ޖިމްގައިހުރި ސާމާނުގެ ކުދިކުދި ޑެމޭޖްތައް ރަނގަޅުކުރުން. ( ކައުންސިލްގެ ލަފާގެ މަތިން )
  • ޖިމްގެ އެތެރެއާއި ބޭރުގައި ގަސް އިންދާ ހެއްދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

ފުޓްސަލްދަނޑު

  • ފުޓްސަލްދަނޑު އެތެރެއާއި ބޭރުކައިރި ސާފުކޮށް ބެލެހެއްޓުން.

ސްކޭޓްޕާކް

  • ސްކޭޓްޕާކްގެ އެތެރެއާއި ބޭރުކައިރި ސާފުކޮށް ބެލެހެއްޓުން.
  • ސްކޭޓްޕާކް އެތެރޭގައިހުރި ރުއްތައް ސާފުކުރުން.

އިންޑޯކޯޓް

  • އިންޑޯކޯޓުގެ އެތެރެއާއި ބޭރުކައިރި ސާފުކޮށް ބެލެހެއްޓުން.

ވޮލީކޯޓް

  • ވޮލީކޯޓުގެ އެތެރެއާއި ބޭރުކައިރި ސާފުކޮށް ބެލެހެއްޓުން.

 

  • މި ތަންތަނުގައި ކުރަންޖެހޭ މަރާމާތުތަކަށް ބޭނުންވާ ސާމާނު ކައުންސިލުން ފޯރުކޮށްދޭނެއެވެ.
  • މީގެ އިތުރުން ކައުންސިލްގެ ބެލުމުގެ ދަށަށް މި މުއްދަތުގައި ތަނެއް އިތުރުވެއްޖެނަމަ މަސައްކަތް ހަވާލުވާފަރާތާއި ކައުންސިލްއާއި ދެމެދު ވެވޭ އިތުރު އެއްބަސްވުމެއްގެ ދަށުން އުޖޫރައަކާއިއެކު ހަވާލުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
  • މުއްދަތުހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ސާފު ކޮޕީ.
  • ބޭންކް އެކައުންޓް އެނގޭނެ ރަސްމީ ލިޔުމެއް.

ވީމާ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ފެބްރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން. ހުށަހަޅަންޖެހޭ ތަކެތި މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތް / ފަރާތްތަކުގެ މެދުގައި އިންޓަވިއުކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ 26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 9:30 ގައި ކައުންސިލްގެ އިދާރާގައެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢްލާން ކުރީމެވެ.

4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2026
ހޯދާ