ދިވެހިރާއްޖެ
ނަންބަރު: (IUL)H12-HC-AHR/H12-HC/2026/3
އިޢުލާނު
|
ކ.މާފުށި ހޮސްޕިޓަލުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ. |
|||||||||||||
|
މަޤާމު: |
ސީނިއަރ ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އެސިސްޓެންޓް |
||||||||||||
|
މަޤާމުގެ ނަންބަރު: |
- |
||||||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||
|
މަޤާމުގެ ގިންތި: |
ވަގުތީ ( ވަޒީފާ ހަމަޖައްސާ ތާރީހުން ފެށިގެން މެޓާނިޓީ ލީވްގައި ހުރި މުވައްޒަފުގެ 6 މަސް ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް) |
||||||||||||
|
މަޤާމުގެ ރޭންކް: |
ޕަބްލިކް ސަރވިސް ރޭންކު 4 - ސްޓެޕް 1 |
||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ކ.މާފުށި ހޮސްޕިޓަލް / ކ.މާފުށި |
||||||||||||
|
މުސާރާ: |
-/8890 ރުފިޔާ |
||||||||||||
|
މަޤާމުގެ އެލަވަންސް: |
-/2670 ރުފިޔާ |
||||||||||||
|
އެހެނިހެން އެލަވަންސް: |
|
||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ހިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތި ބަހުން މުއާމަލާތްކުރުން. 2- ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ފުރިހަމަކުރުމާއި އެޗް.އައި.އެސް އަށް ބަލިމީހާ ރެޖިސްޓަރކޮށް މެމޯ ތައްޔާރު ކުރުން. 3- ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތުން އެއްވެސް ފައިސާ އެއް ނަގަން ޖޭހޭނަމަ ފައިސާ ނަގާ ރަސީދު ތައްޔާރުކުރުން. 4- ޑޮކުޓަރަށް ދެއްކުމަށް އަންނަ ބަލިމީހުންނަށް އަޅާލުމާއި އެހީތެރިކަމާއެކު ބަލިމީހުންނަށް އެއްވެސް އޮޅުމެއް ނާރާނެގޮތަށް، ސާފުވާގޮތަށް ޑޮކުޓަރުގެ ވާހަކަތައް އޮޅުން ފިލުވައިދިނުން. 5- އާސަންދަ، އެޗް.އައި.އެސް އަދި އެހެނިހެން ހެލްތު އިންޝުއަރެންސްގެ މެމޯތައް ދުވަހުން ދުވަހަށް އެންޓަރކުރުން. 6- ކައުންޓަރަށް އަންނަ ފޯނުކޯލްތަކަށް އިޙްތިރާމާއިއެކު ޖަވާބުދާރީވުމާއި، ބޭނުންވާ މަޢުލޫމާތެއް ރަގަޅަށް ސާފުކޮށްދިނުން އަދި ގުޅޭ ސެކްޝަންތަކަށް ކޯލް ޕާސްކުރުން. 7- ލިބޭ އާންމުދަނީ ފައިސާ ދުވަހުން ދުވަހަށް ހޮސްޕިޓަލުގެ އޮފީހާއި ހަވާލުކުރުން. 8- ހޮސްޕިޓަލަށް ޒިޔާރަތްކުރާ ސްޕެޝަލިޓީ މެޑިކަލް ޓީމްތަކާއި އެކު މެޑިކަލް ކޭމްޕްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ އެފަދަ ޓީމުތަކާއިއެކު މަސައްކަތް ކުރުން. 9- ކޮންސަލްޓިން ރޫމްތަކުގައި ބޭނުންކުރަންޖެހޭ ލިޔެކިއުމުގެ ސާމާނާއި ކޮންޒިއުމަބުލް، އިންސްޓުރުމަންޓްސް ފަދަ ތަކެތި ހޯދާ އެގްޒަމިނޭޝަން ކިޓްތައް ހަމަކޮށް ތަރުތީބުކުރުން. 10- ކުއްލި ހާލަތްތައް ދިމާވެގެންނާއި އަދި އެހެނިހެން ކަންތައްތަކުގައި ޑޮކުޓަރ ބަލިމީހުން ބެއްލެވުން މެދުކެޑޭނަމަ،ޑޮކްޓަރަށް ދެއްކުމަށް ނަމްބަރ ނަންގަވައިގެން ކިޔޫގައި ތިއްބަވާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތުދީ އޮޅުން ނާރާނެގޮތަކަށް އިންތިޒާމް ކުރުން. 11- ބަލިމީހާއާއި ޑޮކުޓަރާއި ދެމެދު ދެކެވޭ ވާހަކަތަކުގެ ސިއްރު ހިފެހެއްޓުން، ކަމާއި ނުބެހޭ އެއްވެސް ފަރާތަކާއި އެފަދަވާހަކަތައް ހިއްސާނުކުރުން. 12- ބަލިމީހުންނަށް ޑޮކްޓަރ ދޫކުރާ (ރެފަރަލް ފޯރމާއި، މެޑިކަލް ސަރޓިފިކެޓް، މެޑިކަލް ރިޕޯޓް ފަދަ ލިއުންތައް) ލިއުމެއްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ރަގަޅަށް ފުރިހަމަކުރުން. 13- ހޮސްޕިޓަލުން ހިންގާ ހެލްތު ޕުރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި އަމަލީގޮތުން ބައިވެރިވުމާއި މުވައްޒިފުންގެ މެދުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި އިސްނެގުމާއި ބައިވެރިވުން. 14- މަސައްކަތްކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށް ކަޑައެޅިފައި ހުންނަ ގަވައިދުތަކާއި އިރުޝާދުތައް ދަނެ އެއާއި އެއްގޮތަށް ޢަމަލްކުރުން. 15- ޑިއުޓީގަޑިއަކީ ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރަން ތިބޭ ގަޑިއެއްކަމުން ސެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތު ހުސްކޮށްގެން ނުތިބުން 16- ހޮސްޕިޓަލުން ޚިދުމަތް ދެވެން ނެތިގެން / ޙާލު ބޮޑުވެގެން މާލެއަށް ނުވަތަ އެހެން ތަނަކަށްވެސް ޑޮކްޓަރު ބަލިމީހަކު ރިފަރ ކުރައްވައިފިނަމަ އެކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައް ކުރުމުގައި އެހީތެރިވެދިނުން. 17- އެމްބިއުލެންސުގެ ޚިދުމަތް އެދޭ ފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށްދިނުމާއިއެކު، ލަސްނުކޮށް ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމާއިއެކު ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން، އެމްބިއުލެންސުގެ ދަތުރުތައް ޤަވާޢިދުން ނޯޓް ކުރުން. 18- މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް ހޮސްޕިޓަލުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަންގާ ކަންތައްތައް ކުރުމާއި ހޮސްޕިޓަލުން ރާވާ ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން 19- ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން |
||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ؛
|
||||||||||||
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް: |
ނެތް |
||||||||||||
|
މަޤާމާ ގުޅޭ ވަޒީފާގެ ދާއިރާތައް: |
ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް |
||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1 ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މިމަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ. |
||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ފެބުރުވަރީ 22 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން، ކ.މާފުށި ހޮސްޕިޓަލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. ([email protected]) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ. |
||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||||
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ މުއްދަތާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ، 2026 މާރިޗު 01 ން 2026 05 މާރިޗު 2026 އާއި ދެމެދު، ކ.މާފުށި ހޮސްޕިޓަލުގައެވެ. |
||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެA2 ޝީޓު އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެޝަކުވާއެއް [email protected] އަށް ހުށައަޅަންވާނެއެވެ. |
||||||||||||
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640410 އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|||||||||||||
