ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީ މަރުކަޒުގައި ފާޚާނާއާއި ގުދަނެއް އަދި ކޮންޓްރޯލްރޫމެއް ޢިމާރާތްކުރުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

އިޖުތިމާޢީ މަރުކަޒުގައި ފާޚާނާއާއި ގުދަނެއް އަދި ކޮންޓްރޯލްރޫމެއް ޢިމާރާތްކުރުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަންބަރު 269/2015/1012(IUL)ފ(17 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަނީ ކުންފުންޏަކުން ކަމުގައިވާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6520046 ފޯނާ ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ