ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާއި ޖެނިޓޯރިއަލް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2026/7 (18 ޖަނަވަރީ 2026) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލު އައިސްފައިވާތީ އެ ޢިއުލާނު ބާތިލުކޮށް މި މަސައްކަތަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ ސަރަހައްދީ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ޖެނިޓޯރިއަލް މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ސެކިއުރިޓީ އަދި ޖެނިޓޯރިއަލް ބަލަހައްޓަންޖެހޭ އިމާރާތާ ގޯތި ބެއްލެވުމަށް 12 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 22 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހާ ހަމައަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އާއި 13:00 އާ ދެމެދު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން ސެކިއުރިޓީ ބަލަހައްޓަންޖެހޭ ސަރަހައްދު ބައްލަވާ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 23 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 10:30 އަށް އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މިއޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 22 ފެބުރުވަރީ 2026 އާދީއްތަ ދުވަހުގެ ކުރިން[email protected] އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.
