ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: IUL)305-ME305/305/2015/127)ފ(24 ނޮވެންބަރު 2015) އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެފައިނުވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 10:30 އަށް މިއިދާރާގެ މީޓިންގރޫމަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:
1- މަސައްކަތުގެ އަގަށް: %80 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
2- މަސައްކަތުގެ މުއްދަތަށް: % 10 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
3- މަސައްކަތުގެ ތަޖުރިބާ: % 10
- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، އިމާރާތް މަރާމާތު ކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާކްސްއެވެ.
- ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓަރއަށް ބަލާފައެވެ.
- ތަޖުރިބާ ގިނަ ފަރާތްތަކަށް ގިނަ މާކްސް ލިބޭނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580015 ފޯނަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
19 ޞަފަރު 1437