ދިވެހިރާއްޖެ
އިޢުލާން
2026 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
1- ބެޗަލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) - (ފުލްޓައިމް) ހަވީރު ދަންފަޅި - ކ. މާލެ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Application announcement 2026 - Term 1
22 ޝައުބާން 1447
