ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2026/05 (14 ޖަނަވަރީ 2026) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.
ސަޕޯޓް ސަރވިސް އޮފިސަރގެ މަޤާމަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓް އޮންނާނީ 14 ފެބްރުވަރީ 2026 (ހޮނިހިރު) ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އަދި ފިޒިކަލް ފިޓްނަސް ޓެސްޓް ބާއްވާނެ ގަޑި، އީމެއިލް އަދި އެސް.އެމް.ސެސް މެދުވެރިކޮށް މިއޮފީހުން އަންގާނެކަމުގައި ދަންނަވަމެވެ.
ހަވާލާދީފައިވާ އިޢުލާނުގައި ދެންނެވިފައިވާ ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ބާއްވާ ފިޒިކަލް ފިޓްނެސް ޓެސްޓްގެ ބައިތައް ހިމެނޭ "ކަސްޓަމްސްގެ ވަޒީފާއަށް ވަނުމަށް ދެވޭ ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓްދިނުމުގައި އަމަލުކުރާނެ ގޮތުގެ ތަފްސީލް" ކަރުދާސް މި އޮފީހުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ ކެރިއަރސް 2026 Physical Test Requirement ގައި އާންމުކުރެވިފައިވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003499 ނުވަތަ 3322001 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ.
