ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމްކޮށްގެން 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026"، 20 އޭޕްރީލް 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާތީ، މުބާރާތް ކުރިއަށްދާ މުއްދަތުގައި، ސައިކަލު ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ.
މުބާރާތް ކުރިޔަށް ގެންދާ މުއްދަތުގައި ސައިކަލު ކުއްޔަށް ދޭން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް ފުރުއްވައިގެން ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.
ފޯމް: https://forms.office.com/r/QzJSs2PmM3
މިކަމަށް ޝައުގުވެލައްވާ ފަރާތްތަކުން 15 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރުއްވާ ރަޖިސްޓްރީ ވެލެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
22 ޝަޢުބާން 1447
10 ޖަނަވަރީ 2026
