ކެންދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުލާސް ރޫމެއްގައި މުށިޖެހުން
ކްލާސްރޫމްގައި މުށިޖެހުން
މި ސުކޫލްގެ ހޯލު ޢިމާރާތުގެ ގްރޭޑް 9 ގެ ކްލާސްރޫމްގައި ޖަހާފައިވާ މުށިތައް ނައްޓައި އަލުން މުށިޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ ، މިމަސައްކަތް ކޮށްދިނުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަތުރުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 10 ފެބްރުއަރީ 2026 ން 17 ފެބްރުއަރީ 2026 ގެ 14:00 ކެންދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނުވަތަ ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 25 ފެބްރުއަރީ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި ކެންދޫ ސުކޫލްްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ކެންދޫ ސުކޫލް
- ބ. ކެންދޫ، ދިވެހިރާއްޖެ
- ފޯން: 6600315
- އީމެއިލް: [email protected]
10 ފެބުރުވަރީ 2026
ހޯދާ
