ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކޮށް ބޭއްވުމަށް ޓަކައި ގޯތި ތަކުގެ މަގުތަކާއި ، ގޯޅި ތަކުގައި ބެހެއްޓިފައި ހުންނަ ލަކުޑި ފަދަ ތަކެތި ނެގުމަށް ދަންނަވަމެވެ. އަދި ވިނަ ހެދިފައި ހުންނަ މަގުފަޅިތައް ވިނަ ނޮޅާ ސާފުކުރުމާއި، މަގު ގޯޅި ތަކުގައި 8 ފޫޓަށްވުރެ ތިރިއަށް ހުންނަ ގަސްތަކާއި ، ގޮފިތައް ކަނޑާ ސާފުކޮށް ނިންމެވުމަށް ހުރިހާ ފަރާތަތަކުންވެސް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
މީގެ އިތުރުން މި ދުވަސްވަރަކީ މަދިރިން ޖެހޭ ޑެންގޫ ފަދަ ބަލިތައް އާއްމުކޮށް ފެތުރެމުން ދާ ދުވަސްވަރަކަށް ވެފައި، ހެނދުނާއި، ހަވީރުގެ ވަގުތުތަކުގައި ގިނައިން މަދިރި އުޅޭ ދުވަސްވަރެކެވެ. އެހެންކަމުން، މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި، ރޯދަމަހަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ ގޮތުން މަދިރި އާލާވާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުމަށް ދަންނަވަމެވެ. އަދި ބޭނުން ނުކޮށް ހުންނަ ވަޅު ފަދަ ތަންތަނަށް މަސް ލުމާއި، މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
