މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިއްޙީ މަރުކަޒުގެ ސްޓޯރރޫމް އަދި ލޯންޑްރީ ހެދުމާއި ރައްޔިތުންގެ ގުދަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް!

އިޢުލާން

ސިއްޙީމަރުކަޒުގެ ސްޓޯރރޫމް އަދި ލައުންޑްރީ ހެދުމާއި ރައްޔިތުންގެ ގުދަން މަރާމާތުކޮއްދޭނެ ފަރާތެއްބޭނުންވެއްޖެ.

         ސިއްޙީމަރުކަޒުގެ ސްޓޯރރޫމް އަދި ލައުންޑްރީ ހެދުމާއި ރައްޔިތުންގެ ގުދަން މަރާމާތުކޮށް ހަދައިދިނުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.    

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 17 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.    

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

  •  މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބްރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މިކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2026
ހޯދާ