އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މި އިޢުލާންވަނީ 11 ފެބުރުވަރީ 2026 11:19 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

މަޤާމުގެ ރޭންކް:

އީ.އެކްސް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

ޑިޕާޓްމަންޓް

ލީގަލް އެފެއާޒް

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ދަށްވެގެން ލެވެލް 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. އޮފީހުގެ ފަރާތުން ކުރަންޖެހޭ ދަޢުވާތައް ކުރުމާއި ދަޢުވާ ލިބިގަތުމާއި އޮފީހުގެ ފަރާތުން ވަކާލާތުކުރަން ޙަވާލުކުރެވޭ ކަންކަމުގައި ކޯޓުތަކުގައި ވަކާލާތުކުރުމުގައި އެހީތެރިވުން.
  2. އޮފީހުގެ ފަރާތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކާއި އެއްބަސްވުންތައް ހެދުމުގައި އެހީތެރިވުން
  3. އޮފީހުގެ ފަރާތުން ދޭންޖެހޭ ޤާނޫނީ ލަފާތައް ތައްޔާރުކުރުން.
  4. އޮފީހުގެ ފަރާތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ތަރުޖަމާކުރުން.
  5. އޮފީހާއި އެކި ފަރާތްތަކާ ދެމެދު ކުރިމަތިވާ މައްސަލަތަކުގައި ޢާންމު ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ޙާލަތުތަކާއި މީޑިއާގެ ސުވާލުތަކަށް ޖަވާބުދާރީވާންޖެހޭ ޙައްސާސް ކަންތައްތަކުގައި ކޮމިޝަނަރަށް ޤާނޫނީ ގޮތުން ބޭނުންވާ އެހީތެރިކަން ލިބިދިނުމުގައި އެހީތެރިވުން.

މި މަޤާމުތަކަށް މީހުން ހޮވުމުގައި ބަލާނެ އިތުރުކަންތައްތައް

-      މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ މިންވަރާއި ވަގުތަށް ކަމޭ ހިތާ މިންވަރު

-      ދިވެހިބަހުގެ ފެންވަރާއި އިނގިރޭސިބަހުގެ ފެންވަރު

-       މީހުންނާ އަދަބުވެރިކޮށް މުޢާމަލާތުކުރަން އެނގޭ މިންވަރު

-      ކޮމްޕިޔުޓިންގ އަހުލުވެރިވެފައިވާ މިންވަރު

-      ވަޒީފާއާ ބެހޭ ޤާނޫނަށާއި އެހެނިގެން ޤާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު

މުސާރައާއި އެލަވަންސް

-      އަސާސީ މުސާރަ: (މަހަކު)  11,500/-ރުފިޔާ.

-      ސަރވިސް އެލަވަންސް: (މަހަކު) 5,500/- ރުފިޔާ

-      އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35

-      ފޯނު އެލަވަންސް: (މަހަކު) 250.00 ރުފިޔާ

-      އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)

   - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު

   - ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:

22 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް  [email protected]އަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990  ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ  އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.

ނޯޓް:

އިއުލާން ނަންބަރު: (IUL)460-AF/460/2025/21 އަށް ވަޒީފާއަށް ކުރިމަތިލީ މަދު ފަރާތްތަކެއް ކަމުން އަލުން އެ މަޤާމަށް ހުޅުވާލުން. އިއުލާން ނަންބަރު:(IUL)460-AF/460/2025/21 އަށް ވަޒީފާއަށް ކުރިމަތިލި ފަރާތްތައް އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

10 ފެބުރުވަރީ 2026
ހޯދާ