މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ އާސަހަރާގައި އަލަށް ހަދާފައިވާ ނަމާދުކުރާ ބައިގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށް، ސީސީޓީވީ ކެމެރާ ހަރުކޮށް މިހާރު ހުރި ކެމެރާތަކާއި އެކު މޮނިޓަރ ކުރެވޭނެ ސެޓަޕެއް ތައްޔާރުކޮށްދިނުމާ ގުޅޭ،

މާލޭ އާސަހަރާގައި އަލަށް ހަދާފައިވާ ނަމާދުކުރާ ބައިގައި ސެކިއުރިޓީ ވަރުގަދަ ކުރުމަށް، ސީސީޓީވީ ކެމެރާ ހަރުކޮށް މިހާރު ހުރި ކެމެރާތަކާއި އެކު މޮނިޓަރ ކުރެވޭނެ ސެޓަޕެއް ތައްޔާރު ކުރުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

15 ފެބުރުވަރީ 2026 (އާދިއްތަ)

10:00

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

އަގު ހުށަހެޅުން

24 ފެބުރުވަރީ 2026 (އަންގާރަ)

10:30

މާލެ ސިޓީ ކައުންސިލް ހޯލް،  ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް ، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

10 ފެބުރުވަރީ 2026
ހޯދާ