ދިވެހިރާއްޖެ
މި ހޮސްޕިޓަލްގައި ބޭނުންކޮށްފައިވާ ރަޖިސްޓްރީ ނަމްބަރ CB1A-C4308 ވޭން ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންފެށޭ އަގަކީ 5300.00 ރ ( ފަސްހާސް ތިންސަތޭކަ ރުފިޔާ ) އެވެ. ނީލަމަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 500.00 ރ ( ފައްސަތޭކަ ރުފިޔާ ) އެވެ.
ވޭން ބައްލަވާލެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސް ދުވަހުގެ 10:00 ން 11:00 އާއި ދެމެދު ހޮސްޕިޓަލް އިދާރީބަޔަށް ދުރުވުމުން އެކަން ހަމަޖައްސާދެވޭނެކަމުގައި ދަންނަވަމެވެ.
ވީމާ މިވޭން ގަންނަން ބޭނުންވާ ފަރާތްތަކުން މިއިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ " ސިޓީން އަގުހުށަހަޅާ ފޯމް " ފުރިހަމަކުރައްވާ ރަސްމީ ދުވަސް ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ އިދާރީ ބަޔަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ސިޓީން އަގު ހުށަހަޅާ ފޯމް ހޮސްޕިޓަލްގެ އޮފީހުންވެސް ރަސްމީގަޑީގައި ލިބިލައްވާނެއެވެ.
ނީލަމުގައި އެންމެ މަތިން އަގު ހުށަހަޅާ ފަރާތުގެ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ގައި މިހޮސްޕިޓަލްގެ ފޭސްކުބް ޕޭޖްގައި ޢާއްމުކުރެވޭނެއެވެ.
މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު، އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 05 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. ވޭން ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.
