ދިވެހިރާއްޖެ
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.
|
|
ތާރީޚް |
ގަޑި |
ދުވަސް |
ތަން |
|
ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން |
12 ފެބްރުއަރީ 2026 |
10:00 |
ބުރާސްފަތި |
ކައުންސިލްގެ އިދާރާ ކޮންފަރެންސް ރޫމް |
އަދި ދަންނަވަމެވެ، އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޒިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
