ދިވެހިރާއްޖެ
އިޢުލާން
ގއ.ގެމަނަފުށީ 2 ނަމްބަރު ފުޓުސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
ގއ.ގެމަނަފުށީ 2 ނަމްބަރު ފުޓުސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް 15 ފެބްރުއަރީ 2026 ގެ 10:00 ގެ ކުރިން [email protected] އަށް ސިޓީއަކުން އެކަން އަންގަވައިދެއްވުން އެދެމެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7916609 އަށް ގުޅުއްވުން އެދެމެވެ.
މިމަސައްކަތުގެ ޕްރީބިޑް މީޓިންގ އޮންނާނީ 15 ފެބްރުއަރީ 2026 ގެ 10:30 ގައި ގެމަނަފުށި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަމުގައި ބައިވެރިވުމަށް އެދުނު ފަރާތްތަކަށް މީޓިންގައި ބައިވެރިވެވޭނެއެވެ. އަދި ޕްރީބިޑް މީޓިންގައި ބައިވެރި ނުވިނަމަވެސް ބިޑް ސަބްމިޓް ކުރެވޭނެއެވެ.
މިމަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 22 ފެބްރުއަރީ 2026 ގެ 10:30 ގައި ގެމަނަފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މިހެންމެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
