ދިވެހިރާއްޖެ
ނަމްބަރ:(IUL)252/252/2026/23
އިޢުލާން
ކައުންސިލް އިދާރާއިން ދޭ ޚިދުމަތްތަކަށް ނަގާ ފީ އާއި ގުޅޭ
2026 ވަނަ އަހަރުގެ ޖަނަވަރީ 15 އިން ފެށިގެން މި އިދާރާއިން ދޭ ޚިދުމަތްތަކުގެ ފީ މިދަންނަވާ ގޮތުގެ މަތިން ނެގުމަށް މިކައުންސިލްގެ 177 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވާތީ، ގެނެވުނު ބަދަލު ޢާންމު ކުރަމެވެ.
|
ޙިދުމަތުގެ ނަން |
ނެގުމަށް ކަނޑައެޅިފައިވާ ފީ |
|
1- ބަންޑާރަ ގޯތި އަމިއްލަ ކުރުމަށްނަގާ ފީ |
އަކަފޫޓްއަކަށް -/25 ރުފިޔާ |
|
2- ކެންޓީނު ޙިދުމަތުން 24 ގަޑިއިރަށް ނަގާ ފީ |
-/50 ރުފިޔާ |
|
3- ސެޓްފިކެޓް ކުލަކޮށް ޕްރިންޓްކުރުމުގެ ފީ |
-/20 ރުފިޔާ |
|
4- ސެޓްފިކެޓް އާދައިގެ ގޮތަށް ޕްރިންޓްކޮށް ލެމިނޭޓްކުރުމުގެ ފީ |
-/20 ރުފިޔާ |
|
5- ލެމިނޭޓްކުރުން |
-/10 ރުފިޔާ |
|
6- އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމުގެ ފީ |
-/50 ރުފިޔާ |
|
7- ގޯތި ބައިކުރުމުގެ ޙިދުމަތުގެ ފީ |
-/100 ރުފިޔާ |
|
8- ގޯތީގެ އިންވަކިކުރުމުގެ ފީ |
-/100 ރުފިޔާ |
|
9- ގޯތި ބައިކޮށް ޗާރޓް ކުރަހައިދިނުމުގެ ޙިދުމަތުގެ ފީ |
-/100 ރުފިޔާ |
|
10- ކައުންސިލް ޕްރީސުކޫލްގައި ރަޖިސްޓްރީކޮށްދިނުމުގެ ފީ |
-/100 ރުފިޔާ |
|
11- އައިޑީކާޑު ހެއްދުމަށް ޑާޓާ ނަގައި ފޮނުވައިދިނުމުގެ ފީ |
-/50 ރުފިޔާ |
|
ޙިދުމަތުގެ ނަން |
ނެގުމަށް ކަނޑައެޅިފައިވާ ފީ |
|
12- ނަން ބަދަލުކުރުމުގެ ފީ |
-/300 ރުފިޔާ |
|
13- މިނިސްޓްރީ ތަކަށް ހުށަހަޅާ ފޯމް ޕްރޮސެސްކޮށްދިނުމުގެ ފީ |
-/100 ރުފިޔާ |
|
14- ޢިމާރާތުގެ ކުރެހުން ފާސްކޮށްދިނުމުގެ ފީ |
-/100 ރުފިޔާ |
|
15- ސައިޓް އިންސްޕެކްޝަން ފީ |
-/100 ރުފިޔާ |
|
16- އެއްގަމާއި ކަނޑައުޅަނދު ރަޖިސްޓްރީކުރުމުގެ ޙިދުމަތުގެ ފީ |
-/100 ރުފިޔާ |
|
17- ވިޔަފާރި އުޞޫލުން ބަނދަރު ބޭނުންކުރުމުގެ ފީ (24 ގަޑިއިރަށް) |
-/250 ރުފިޔާ |
|
18- ވިޔަފާރި އުޞޫލުން ރަށުގެ ސަރަހައްދުތައް ބޭނުންކުރުމުގެ ފީ (24 ގަޑިއިރަށް) |
-/250 ރުފިޔާ |
|
19- ރަށްވެހިންގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ފީ |
-/100 ރުފިޔާ |
|
20- މަގުކޮނުމުގެ ހުއްދަ ދޫކުރުމުގެ ފީ |
-/100 ރުފިޔާ |
|
21- ވަގުތީ ޓްރެވަލް ޑޮކިޔުމަންޓް ތައްޔާރުކޮށްދިނުމުގެ ފީ |
-/50 ރުފިޔާ |
|
22- ގަރާޖް ރަޖިސްޓްރީ ހެއްދުމުގެ ފީ |
-/100 ރުފިޔާ |
|
23- ގޯތީގެ ރަޖިސްޓްރީ ހެއްދުމުގެ ފީ |
-/100 ރުފިޔާ |
|
24- އެހެނިހެން ރެޖިސްޓްރޭޝަން އަދި އެހެނިހެން ލައިސަންސް ފީ |
-/100 ރުފިޔާ |
|
25- ރަށްވެހިކަމުން އުނިކުރުމުގެ ފީ |
-/2000 ރުފިޔާ |
މިދެންނެވި ވަކިވަކި ޙިދުމަތްތަކުގެ އިތުރުން ކައުންސިލުން ވަކި އުޞޫލެއްގެ ދަށުން ފޯރުކޮށްދޭ ޙިދުމަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ ފީ އެއުޞޫލެއްގައި ބަޔާންކޮށްފައިވާނެއެވެ. ވީމާ، ޙިދުމަތްތަކަށް އެދޭ ފަރާތްތަކުން ޙިދުމަތަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު ރަސްމީ ގަޑީގައި ކައުންސިލަށް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
10 ޝައުބާން 1447
29 ޖަނަވަރީ
