އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ބޭނުންވާ ROTAPRO ސިސްޓަމް ސަޕްލައިކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

 

އިޢުލާން ނަމްބަރ : 137-IU/PR/2026/19  

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-07

ޕްރޮޖެކްޓްގެ ނަން:  ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބް އަށް ބޭނުންވާ ROTAPRO  ސިސްޓަމް ސަޕްލައިކޮށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުން

ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތުލެބަށް ބޭނުންވާ ROTAPRO ސިސްޓަމް ސަޕްލައިކޮށް ޑެލިވަރކުރުމަށް މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

#

Details

Quantity

1

ROTAPRO System

Brand – Boston Scientific

01

Specifications attached

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ·       ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ.
  • އަގު ހުށަހަޅާއިރު އިންސްޓަލޭޝަން އެންޑް ކޮމިޝަނިންގް އަދި ޓްރެއިނިންގް (ބަޔޯމެޑިކަލް އަދި އެޕްލިކޭޝަނެ ޓްރެއިނިންގް) އަށް ވަކިން އަގު ހުށަހެޅުމަށް ސަމާލުކަންދޭންވާނެއެވެ. މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު  މި މުއައްސަސާއަށް ލިބިގެންވެއެވެ.
  • ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އަދި މިއިކުއިޕްމަންޓް ވިއްކާފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލަކަން ބަޔާންކޮށް މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރާ ތަކެއްޗަށް 2 އަހަރު ދުވަހުގެ ސްޓޭންޑަރޑް ވޮރެންޓީ ދޭންވާނެއެވެ.
  • ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
  •  ސަޕްލައިކުރާނެ މުއްދަތު ކޯޓޭޝަންގައި ހުށަހަޅަންވާނެއެވެ. އަދި 90 ދުވަހުގެ ބިޑް ވެލިޑިޓީއެއް ހިމަނަންވާއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)

 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތްލެބަށް ބޭނުންވާ ROTAPRO ސިސްޓަމް ސަޕްލައިކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

 

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 22  ފެބްރުވަރީ 2026 ގެ 11:00 ގައި އައިޖީއެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ·       ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1-     ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2-     ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3-     މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4-     ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

 

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

 

20 ޝައުބާން 1447

08 ފެބްރުވަރީ 2026

08 ފެބުރުވަރީ 2026
ހޯދާ