ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅުގެ ވެލުއޭޝަން ހެދުން

މިކުންފުނީގެ ދަށުން ހިންގާ ގުޅިފަޅުގެ ވެލުއޭޝަން ހައްދަވައިދެއްވާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ވާ ބުރާސްފަތިދުވަހުގެ 14:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 13 ޑިސެންބަރު 2015 ވާ އާދީއްތަދުވަހުގެ 11:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ ނަންބަރު 3016630 ފޯނާ ގުޅުއްވުން އެދެމެވެ.

02 ޑިސެންބަރު 2015
ހޯދާ