ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެންޕަސް އޮފިސަރ (އައްޑޫ ސިޓީ މަރަދޫފޭދޫ ކެމްޕަސް)

މަޤާމު:

ކެންޕަސް އޮފިސަރ (އައްޑޫ މަރަދޫފޭދޫ ކެމްޕަސް) - ދާއިމީ

ބޭނުންވާ ޢަދަދު: 1

މަސައްކަތްކުރަން ޖެހޭ ތަން:

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައްޑޫ މަރަދޫފޭދޫ ކެމްޕަސް)

މަސައްކަތްކުރަން ޖެހޭ ގަޑި

ހެނދުނު 08:00 އިން ރޭގަނޑު 10:00 އާއި ދެމެދު 6 ގަޑިއިރު

 

މަޤާމުގެ ގްރޭޑު/ ސްޕައިން ޕޮއިންޓު، މަޤާމުގެ ޝަރްޠުތައް، އަސާސީ މުސާރަ، އަދި ސަރވިސް އެލަވަންސް

މަޤާމު

ގްރޭޑް /

ސްޕައިން ޕޮއިންޓު

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް

އެލަވަންސް

ކެންޕަސް އޮފިސަރ (އައްޑޫ މަރަދޫފޭދޫ ކެމްޕަސް)

ADG4/17

 

1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

 

ނުވަތަ،

2. މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ

3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ  ގުޅޭ ދާއިރާއަކުން ލިބިފައިވުން

ނުވަތަ

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން

 

5,778.10 ރުފިޔާ

2476.33

ރުފިޔާ

ADG4/18

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 17 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

5,956.80 ރުފިޔާ

2,552.92

ރުފިޔާ

ADG4/19

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 18 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,141.04 ރުފިޔާ

2,631.87

ރުފިޔާ

ADG4/20

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 19 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,330.97 ރުފިޔާ

2,713.27

ރުފިޔާ

ADG4/21

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 20 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,526.77 ރުފިޔާ

2,797.19

ރުފިޔާ

ADG4/22

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 21 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

 

6,728.62 ރުފިޔާ

2,883.70

ރުފިޔާ

ADG4/23

1. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 22 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %75 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

ނުވަތަ،

2. އޭޑީޖީ ކްލެސިފިކޭޝަން 4 ގެ ރޭންކުގައި ނުވަތަ އެއާއި އެއްފެންވަރެއްގެ މަގާމުގައި 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މިފަދަ ތަޖުރިބާ ވަޒަންކުރުމަށް އައި.ޔޫ.އެމް އިން ކަނޑައަޅާފައިވާ މިންގަނޑުން ފާސްވުން

ނުވަތަ

3. އައި.ޔޫ.އެމް ވަޒީފާގެ އޮނިގަނޑުގެ ސްޕައިން 24 ރޭންކުގައިވާ ތަޢުލީމީ ޝަރުތު ފުރިހަމަވުން ) މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ އެއަށްވުރެން މަތީ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ،

 ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ގުޅޭ ދާއިރާއަކުން ލިބިފައިވުން )

6,936.73 ރުފިޔާ

2,972.88

ރުފިޔާ

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  • ލާރނިންގ ސެންޓަރަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުމާއި، ސިޓީތަކާއި އެހެނިހެން ލިއުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • މުވައްޒަފުންނާއި ބެހޭ ރިކޯޑުތައް ބެލެހެއްޓުމާއި، ހަމަޖެހިފައި އޮންނަ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުންގެ ޕަރފޯމަންސް އެޕްރައިސަލްއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ސެކްޝަން ހިންގެވުމާއި ހަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެ މަތިން ކުރުން.
  • ލާރނިންގ ސެންޓަރުގެ ޔައުމިއްޔާ ލިޔެ، އެޔައުމިއްޔާގައި ސޮއި ކުރުވުމަށްފަހު ފައިލްކޮށް ބެލެހެއްޓުން.
  • ދަރިވަރުން ހުށަހަޅާ އެސައިންމަންޓްތަކާ ބެހޭ މަޢުލޫމާތު (ދަރިވަރުގެ ނަމާއި، އައި.ޑީ ނަންބަރު، ހުށަހަޅާ އެސައިންމަންޓްގެ މާއްދާގެ ނަން، ސެންޓަރަށް އެސައިންމަންޓް ބަލައިގަތް ތާރީޚާއި އަދި ބަލައިގަތް މުވައްޒަފުގެ ނަން) ހިމަނައިގެން ލިސްޓެއް ތައްޔާރުކޮށް ސޮއިކުރުވުމަށްފަހު ލެކްޗަރަރއިންނާ އެސައިންމެންޓްތައް ޙަވާލުކުރުން.
  • ދަރިވަރުންގެ ސްޓެޓިސްޓިކްސް ތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • އައިޔޫއެމްގެ ލާރނިންގ ސެންޓަރަށް އައިޔޫއެމްގެ ފަރާތުން ވަޑައިގަންނަވާ ބޭފުޅުންގެ އެންމެހާ ކަންތައްތައް އިދާރީ ގޮތުން ހަމަޖެއްސުން.
  • ދަރިވަރުންގެ ހާޒިރީ އަޕްޓޭޑްކޮށް ބެލެހެއްޓުމާއި އެކު ލެކްޗަރަރއިންގެ ހާޒިރީ ކިޔަވައި ދެވިފައިވާ ގަޑިތައް އެނގޭނެހެން އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ކޮންމެ މަހެއް ނިމުމުން، ލެކްޗަރާރުން އަތުން ހާޒިރީތައް ހޯދާ އެ މަހުގެ ދަރިވަރުންގެ ހާޒިރީ ރިޕޯޓް ފެށޭ މަހުގެ 5 ގެ ކުރިން ހަމަޖެހިފައިވާ އުޞޫލުން އާއްމުކުރުން.
  • އިމްތިހާންތައް ބޭއްވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  • އިމްތިހާނު ބާއްވާ ހޯލާއި ކުލާސް ރޫމްތައް ތައްޔާރުކުރުން.
  • އިމްތިހާނު އިންވިޖިލޭޓް ކުރުމުގެ އިދާރީ ކަންތައް ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓާއި ގުޅައިގެން ހަމަޖެއްސުން.
  • ކަނޑައެޅިފައިވާ އުސޫލުން އިމްތިހާނުތަކާބެހޭ މަޢުލޫމާތު ދަރިވަރުންނަށް އަންގަމުން ގެންދިއުމުގައި ރެޖިސްޓްރޭޝަން ޑިޕާރޓްމަންޓަށް އެހީތެރިވުން.
  • މާއްދާތަކުގެ އައުޓްލައިން ޕްރިންޓްކޮށް ފައިލްކުރަން ތައްޔާރު ކުރުމާއި، ލެކްޗަރާސް އަށް ކަނޑައެޅިފައިވާ ސްޓޯރޭޖް ފެސިލިޓީތައް ތައްޔާރު ކުރުމާއި އަލަށް ލާރނިން ސެންޓަރުގައި ކިޔަވައިދެއްވަން ފައްޓަވާ ލެކްޗަރަރރުންގެ ސީ.ވީ ފަދަ މަޢުލޫމާތުތައް ހޯދައި ހަމަކުރުމާއި، ފުރިހަމަ ކުރަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމާއިއެކު އެ ލެކްޗަރާރުން ރަޖިސްޓްރީ ކުރުން.
  • އެކިއެކި ކަންކަމުގައި ލާރނިން ސެންޓަރަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
  • ކޮންމެ ސެމިސްޓަރއެއް ނިމުމުން ލާރނިންގ ސެންޓަރުގައި ދަރިވަރުންގެ ސަބްޖެކްޓް އެޓެންޑެންސް ރިޕޯޓާއި، ލެކްޗަރަރރުންގެ އެޓެންޑެންސް ރިޕޯޓް ކޮންޓެކްޓް ގަޑި އެނގޭނެހެން ތައްޔާރު ކުރުމަށްފަހު، ކަމާ ބެހޭ ޑިޕާރޓްމަންޓްތަކަށް ފޮނުވުން.
  • ލާރނިން ސެންޓަރުގައި ކިޔަވާ ދަރިވަރުން އެކަޑެމިކް ކަލަންޑަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަރިވަރުންނާއި ގުޅުންހުރި ކަންކަން ( ރެޖިސްޓަރކުރުން، އެޑްވާންސް ސްޓޭންޑިން، ކޯސް ފަސްކުރުން/ ދޫކޮށްލުން) ނިންމާތޯ ބަލާ، ނުނިންމާނަމަ ގަވާއިދާ އެއްގޮތަށް ކޯޑިނޭޓަރ/ ޑީން އަށް މަހުންމަހަށް ރިޕޯޓް ކުރުން.
  • ކޮންމެ ސެމިސްޓަރއެއް ފެށޭއިރު ލެކްޗަރާއިންނަށް ބޭނުންވާ އެންމެހާ މައުލޫމާތު (ހާޒިރީ، ލެކްޗަރާއިންގެ އިރުޝާދު، ޓައިމްޓޭބަލް، ދަތުރު ޝެޑިއުލް، ޓެސްޓްޕޭޕަރ ސާންޕަލް، މާކުސް އެންޓަރކުރާ ޝީޓް) ތައްޔާރުކޮށް ލެކްޗަރާއިންނަށް ފޮނުވުން.
  • މީގެ އިތުރުން ލާރނިން ސެންޓަރުތަކުގެ އެންމެހާ މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.
  •  

އުޖޫރައާއި ޢިނާޔަތްތައް:

  • މުވައްޒަފަށް ދެވޭ އަސާސީ މުސާރައާއި ސަރވިސް އެލަވަންސްގެ އިތުރުން ސްޕެޝަލް ޑިއުޓީ އެލަވަންސް (އަސާސީ މުސާރައިގެ35% ) ދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސްޓާފް ހެލްތު އިންޝިއުރަންސް ސްކީމް ދެވޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

   https://forms.gle/ZMt8jbFd7Nr2HyRNA

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް

  • 15 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 23:59 އަށް

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ޔުނިވަރސިޓީގެ ސެމެސްޓަރ ބްރޭކްތަކުގައި އަދި މިނޫންވެސް ހާއްސަ ހާލަތްތަކުގައި ޔުނިވަރސިޓީން ބޭނުންވެއްޖެ ހިނދެއްގައި މި މަޤާމަށް ނެގޭ މުވައްޒަފުން ހެނދުނު ދަންފަޅީގެ ޑިއުޓީއަށް ބަދަލުކުރެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 16 ފެބުރުވަރީ 2026 އިން 15 މާރިޗު  2026  އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405  ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
09 ފެބުރުވަރީ 2026
ހޯދާ