ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑުތައް ވަރުވާއަށް ދޫކުރުމާ ގުޅޭ (ދެވަނަ އިޢުލާން)

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މިރަށުގެ އެކި ސަރަޙައްދުތަކުގައި ހުރި ކައުންސިލްގެ ރުއްގަނޑުތައް މީލާދީ ގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ނަގަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާުލުމަށް ކުރެވުނު ނަަންބަރު (IUL)247-CA/247/2026/1 އިޢުލާނާއި ގުޅިގެން ބީލަމަށް ކުރިމަތިލީ ފަރާތްތަކުގެ ޝަރުޠު ހަމަނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅިގެން ވަރުވާއަށް ދޫކުރާ ސަރަޙައްދުތައް ތިރީގައި އެވަނީއެވެ.

  1. އަބޫބަކުރު މޫސާ މަގުގެ ހުޅަނގު އުތުރު ކަންމަތިން ފެށިގެން ރަސްރީތި މަގުގެ ހުޅަނގު ދެކުނު ކަންމައްޗާ ހަމައަށް އުތުރު ބީޗަށް ވާގޮތަށް ހުރި 50 (ފަންސާސް) ރުކާއި، ދެކުނު ދަނޑުގެ ދެކުނުންނާއި، އަނބު ފާމްގެ ދެކުނުން ހުރި 19 (ނަވާރަ) ރުއް (ޖުމްލަ: 69 ރުއް).
  2. ރަށްވެހި ބީޗުގައި އިންދާ ހައްދާފައިވާ ފޯދުނު މެދުފަންތީގެ 57 (ފަންސާސް ހަތެއް) ރުއް

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

14 ފެބުރުވަރީ 2026

ހޮނިހިރު

11:00 (ހެނދުނު)

ބީލަން ހުށަހެޅުން

19 ފެބުރުވަރީ 2026

ބުރާސްފަތި

11:00 (ހެނދުނު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުން

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

ގޫގުލްފޯމް ލިންކް:

https://forms.gle/NfxhZSNiGccxiSsu8

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެއްހީރަސްކޮށްފައި ވާނެއެވެ.                 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                  21 ޝަޢުބާން 1447    

 

09 ފެބުރުވަރީ 2026
ހޯދާ