ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އޮފީހުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: ޕަބްލިކް ރިލޭޝަންސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރަ: 10,000.00 ރުފިޔާ
އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި، މަހަކު ގިނަވެގެން 3،500.00 ރުފިޔާއާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި 50 ރުފިޔާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
- ޕަބްލިކް ރިލޭޝަންސް, މާސް ކޮމިޔުނިކޭޝަން، މާކެޓިންގ ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން.
- މިޑްލް މެނޭޖްމަންޓް ލެވެލްގައި، ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންސްއާއި ކޮމްޕިޔުޓަރ ގްރެފިކްސް ސޮފްޓްވެއަރ (އެޑޯބީ ފޮޓޯޝޮޕް، އިންޑިޒައިން ފަދަ ސޮފްޓްވެއަރ) ބޭނުންކުރަން ރަނގަޅަށް އެނގުން. މިދާއިރާއިން ތަމްރީނު ލިބި ސެޓްފިކެޓް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މި އޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ފޯން: 1441
ފެކްސް: 3307759
އީމެއިލް: [email protected]
25 ޞަފަރު 1437