ދިވެހިރާއްޖެ
އިޢުލާން
ކުޑަހުވަދޫ ކައުންސިލް އިދާރާގެ 13 ވަނަ ޤުރުއާން މުބާރާތް
ކުޑަހުވަދޫ ކައުންސިލް އިދާރާގެ 13 ވަނަ ޤުރުއާން މުބާރާތް 2026 މާރޗް 05 ވަނަ ދުވަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ފެބްރުއަރީ 22ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ފުރާ ހުށައެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ގޫގުލް ފޯމް ލިންކް މިއިދާރާގެ ފޭސްބުކް ޕޭޖުގައި އަދި މިއިދާރާގެ ވެބްސައިޓްގައި ހިއްސާކުރެވިފައިވާނެއެވެ. ފޯމް ފުރުއްވަންވާނީ ދިވެހި ބަހުންނެވެ.
ކޮންމެ ބައިވެރިއަކަށްވެސް ބައިވެރިވެވޭނީ ބަލައިގެންކިޔެވުން ނުވަތަ ހިތުންކިޔެވުން މިދެގޮފީގެތެރެއިން ކޮންމެވެސް އެއްގޮތްޕެއްގައެވެ. މިގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވާ ފަރާތަކަށް ހިތުންކިޔެވުމުގެ ގޮފީގައި ބައިވެރިއެއްނުވެވޭނެއެވެ. ފާއިތުވި 3 އަހަރުގެ ތެރޭގައި ކައުންސިލްގެ ޤުރުއާން މުބާރާތުން މުޅިމުބާރާތުން އެއްވަނަ ލިބިފައިވާ ފަރާތެއް ނަމަ، މި މުބާރާތުގައި ބައިވެރި ނުވެވޭނެއެވެ.
މުބާރާތުގެ އިނާމް:
- 1 ވަނަ ޢުމުރާ ދަތުރެއް އަދި 5000 (ފަސްހާސް) ރުފިޔާ
- 2 ވަނަ 15000 (ފަނަރަ ހާސް) ރުފިޔާ
- 3 ވަނަ 7000 (ހަތްހާސް) ރުފިޔާ
- މީގެ އިތުރުން އެކި ޢުމުރުފުރާތަކުންވެސް ވަނަހޮވާގޮތަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭ ޢުމުރުފުރާއާއި، މުޤައްރަރާއި، ޤަވާއިދު މިއިޢުލާނާއި އެކު ހިއްސާކުރެވިފައިވާނެއެވެ. ޢުމުރު ބަލާނީ، ފޯމް ހުށައެޅުމުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ 6761015 ނަންބަރަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބައިވެރިވާން އެދޭ ފޯމުގެ ލިންކް:
މުބާރާތުގެ ޤަވާއިދުގެ ލިންކް:
https://drive.google.com/file/d/1IiWkCze3lh3D6I-bt_IZpWcxmdaLwilp/view?usp=drive_link
