ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާންމަހު ކުރިއަށް ގެންދެވޭ ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

1447 ވަނަ އަހަރުގެ ރަމަޟާންމަހު ޤުރްއާން ޚަތިމްކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. ޤުރްއާން ބަލައިގެން ކިޔަވަން އެނގޭ 12 އަހަރުން މަތީގެ ހުރިހާ އުމުރުފުރާއަކަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ފެބުރުވަރީ 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިމިވާ ކިއު.އާރް ކޯޑް ސްކޭން ކުރައްވައި ނުވަތަ ލިންކް މެދުވެރިކުރައްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://forms.office.com/r/J6PnApRcR6

 

 

09 ފެބުރުވަރީ 2026
ހޯދާ