ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި ބޭނުންކުރި 1 ސައިކަލު ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައި ބޭނުންކުރި (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އަދި ރަޖިސްޓްރީ ބާތިލްކުރެވިފައި) 1 ސައިކަލު މި ޚިދުމަތުގެ ނަންބަރު 171-Y(FBM3)/IUL/2025/37 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި  ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2026 ފެބުރުވަރީ 12 ވަނަ ދުވަހުގެ 11:00 (ހެނދުނު) އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަންކިޔާ ތަކެތި ދައްކާލުން އަދި ނީލަން ކިއުން އޮންނާނީ، 2026 ފެބުރުވަރީ 15 ވަނަ ދުވަހު 11:30(ހެނދުނުު) އެ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގައެވެ.
  5. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އަގު އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  6.  ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
08 ފެބުރުވަރީ 2026
ހޯދާ