ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ނަމްބަރު: (IUL)255/255/2026/08

ތާރީޚު:   8 ފެބުރުވަރީ 2026

 

 

މަޤާމް

ކައުންސިލް އޮފިސަރ

މަޤާމުގެ ނަމްބަރ

J-441264

ބޭނުންވާ ޢަދަދު

01 ( އެކެއް )

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ރޭންކް 5 – ސްޓެޕް 1

މަސައްކަތް ކުރަންޖެހޭ އޮފީސް

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ

މުސާރަ:

9495.00 ރުފިޔާ ( ނުވަހާސް ހަތަރުސަތޭކަ ނުވަދިހަ ފަސްރުފިޔާ )

ސަރވިސް އެލަވަންސް:

2850.00 ރުފިޔާ ( ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ )

ހާޒިރީ އިނާޔަތް:

ހާޟިރީ އެލަވަންސްގެ ގޮތުގައި ހާޟިރުވާ ދުވަހަކަށް -/75 ރުފިޔާ

އެހެނިހެން އެލަވަންސް:

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ކޮންޓްރިބިއުޝަން
  2. ސިވިލްސަރިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

02 - ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ އިރުޝާދުގެ މަތިން ކުރުން

03- ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާކުޅޭ ފަރާތްތަކަށް ފޮނުވުން

04- ސެކްރެޓަރީ ޖެނެރަލްގެ އިރުޝާދާ އެއްގޮތަށް ކައުންސިލަށް ބޭނުންވާ ހުރިހާ ޚިދުމަތާއި ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އެކަމަށް ކަނޑައެޅިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އަދި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރުން

05- ކައުންސިލަށް މުދަލެއް ނުވަތަ ޚިދުމަށް ހޯދުމަށް އެދެމުން އެކަމަށް ބޭނުންވާ ކޯޓޭޝަން ހޯދުމާއި އިޢުލާން ކުރަންޖެހޭ ފަދަ މަސައްކަތެއް ނަމަ އިޢުލާން ތައްޔާރުކުރުން

06- ކައުންސިލް އިދާރާގެ އިންވެންޓްރީ ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި އެއްގޮތަށް ބެލެހެއްޓުން

07- އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖު ފަދަ ލިޔުންތައް ލިޔެ ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން

08- ކައުންސިލް އިދާރާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވައި، ލިޔެކިއުންތަކުގެ އަދާހަމަ ބެލެމަށްފަހު ކައުންސިލަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

 

09- ސްޓާފް މީޓިން ތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި ގުޅޭ ކަންކަން ކުރުން

10- ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ލިޔުމާއި، ޔައުމިއްޔާތައް ޤަވާއިދުން ބެލެހެއްޓުން.

11- ކައުންސިލްގެ އިދާރާތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ޕީރިއަޑިކް ރިޕޯޓުތައް ގަވާއިދުން ފޮނުވުމުގެ މަސައްކަތްކުރުން.

12- ތަރައްޤީގެ ޕްލޭންއާއި، ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ މަސައްކަތް ކުރުމާއި އަދި ޕްލޭންތައް ފޮނުވަންޖޭ އިދާރާތަކަށް ޤަވާއިދުން ފޮނުވުން.

13- ކުއްޔަށް ދޫކޮށްފައިވާ ބިންބިމާއި، ތަންތަނާއި ތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން

14- ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ބަލައިގަތުމާއެކު އެކަންކަން ޤަވާއިދުން ބެލެހެއްޓުން

15- ކައުންސިލް އިދާރާއިން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވައި، ލިޔެކިއުންތަކުގެ އަދާހަމަ ބެލެމަށްފަހު ކައުންސިލަށް ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދިނުން.

 

 

މަޤާމުގެ ޝަރުތުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޚާޟިލްކޮށްފައިވުން.

 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

  1. އެކައުންޓިންގ  
  2. އެޑްމިނިސްޓްރޭޝަން  
  3. އެގްރިކަލްޗަރަލް ސައިންސް  
  4. އެންތްރޯޕޮލޮޖީ  
  5. އާކިޓެކްޗަރ  
  6. ބިޒްނަސް  
  7. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  8. ބިޒްނަސް މެނޭޖްމަންޓް  
  9. ސިވިލް އިންޖިނިއަރިންގ  
  10. ކޮމާރސް  
  11. ކޮމިޔުނިޓީ ޑިވެލޮޕްމަންޓް  
  12. ކޮމްޕިއުޓަރ ސައިންސް  
  13. ކައުންސިލް އެޑްމިނިސްޓްރޭޝަން  
  14. ކަލްޗަރ އެންޑް ހެރިޓޭޖް  
  15. ޑިމޮގްރަފީ  
  16. ޑިވެލޮޕްމަންޓް ސްޓަޑީޒް  
  17. ދިވެހި ލެންގްއޭޖް  
  18. އިކޮނޮމިކްސް  
  19. އެޑިއުކޭޝަން  
  20. އެންވަޔަރަންމަންޓަލް ސައިންސް  
  21. ފައިނޭންސް  
  22. ގަވަރނަންސް  
  23. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  24. ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް  
  25. ހިއުމަން ރިސޯސް  
  26. އިންފޮމޭޝަން ޓެކްނޮލޮޖީ  
  27. އިންޓަނޭޝަނަލް ރިލޭޝަންސް  
  28. ލޯ  
  29. ލީޑަރޝިޕް  
  30. ލައިބްރަރީ ސައިންސް  
  31. ލޯކަލް ގަވަރނަންސް  
  32. މެނޭޖްމަންޓް  
  33. މެރީން ސައިންސް  
  34. މާކެޓިންގ  
  35. އޮފީސް އެޑްމިނިސްޓްރޭޝަން  
  36. ޕޮލިސީ ސްޓަޑީޒް  
  37. ޕޮލިޓިކަލް ސައިންސް  
  38. ޕްރޮޖެކްޓް މެނޭޖްމަންޓް  
  39. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  40. ޕަބްލިކް މެނޭޖްމަންޓް  
  41. ޕަބްލިކް ޕޮލިސީ  
  42. ޕަބްލިކް ރިލޭޝަންސް  
  43. ރިލިޖަސް ސަރވިސަސް  
  44. ޝަރީޢާ އެންޑް ލޯ  
  45. ސޯޝަލް ސައިންސް  
  46. ސޯޝަލް ވޯރކް  
  47. ސޯޝިއޮލޮޖީ  
  48. ސްޕޯޓްސް މެނޭޖްމަންޓް  
  49. ސްޓެޓިސްޓިކްސް  
  50. ސްޓްރަކްޗަރަލް އިންޖިނިއަރިންގ  
  51. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  52. އަރބަން ޕްލޭނިންގ  
  53. އާބަން ސްޓަޑީޒް

ކައުންސިލް އޮފިސަރުންގެ މަޤާމުތަކުގެ ތަޢުލީމީ ރޮނގުތަކުގެ ލިންކް:

https://www.csc.gov.mv/PostStructure/Index/36

މަޤާމުގެ މަސައްކަތުގެދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސް ކޮމިޝަނުގެ ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާއިންނާއި އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)     https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: (5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 17 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ  14:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ކުރާނަމަ ފޮނުއްވާނީ[email protected]   އަށެވެ.

 ނޯޓް: އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީ-މެއިލް ކުރުމަށް ދަންނަވަމެވެ .

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

 

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 24 ފެބުރުވަރީ 2026 ން 26 ފެބުރުވަރީ 2026  އާއި ދޭތެރޭގައި ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު:

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6500038 ނަމްބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]

08 ފެބުރުވަރީ 2026
ހޯދާ