ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މިލްކުވެރިކަން ހޯދުން.

ނަންބަރު:                                  

ޢިއުލާން

      

ރުއް ގަހުގެ މިލްކުވެރިން ހޯދުން

                  މި ކައުންސިލުގެ ނަންބަރ: (IUL)258/258/2025/99 (22-12-2025) ޢިއުލާނުގައިވާ ހދ.ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް 184 ގޭގެ ބަދަލުގައި މިހާރު 200 ގެ އެޅުމަށް ހަމަޖައްސާފައިވާ ބިމުގައި ހުރި އަމިއްލަ މީސް މީހުންގެ ރުއްގަހުގެ މިލްކުވެރިކަން ލިބިގެންވާ ފަރާތްތަކުން ކައުންސިލަށް ހުށައެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި އެއްވެސް ފަރާތަކުން ރުއްގަހުގެ ލިސްޓެއް، ލިއުމެއް މި އިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން އެ ސަރަހައްދުގައި އަމިއްލަ މީހެއްގެ ރުއްގަސް ހުރިނަމަ 2026 ފެބްރުއަރީ 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް ލިއުމުން ހުށަހެޅުއްވުން އެދެމެވެ.

  • ސަރަހައްދު

ރަންވޭމަގުގެ އިރުން ކާނޭޝަން މަގުގެ އުތުރުން އޮބްޒަވޭޓުރީ ގަރާޖު މަގުގެ ދެކުނުން އޮތް ސަރަހައްދުގައި ރަސްގެ ޖަހާފައިވާ ރުއްގަސް.

                    ވީމާ، މިކަން އާއްމުކޮށް އަންގާ ޢިއުލާނުކުރީމެވެ.

                      20 ޝައުބާން 1447

                      08 ފެބްރުއަރީ 2026  

08 ފެބުރުވަރީ 2026
ހޯދާ