ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 6 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން

ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 40 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ފ.ނިލަންދޫ، ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރު ހުރުން. އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، ދިވެހި ހިމެނޭ ގޮތަށް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. އެޑްވާންސްޑް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ/ބެޗްލަރ އޮފް އެޑިޔުކޭޝަން - ޕްރައިމަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް އޮތުން. ނުވަތަ

ރ. އުމުރުން 20 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އެއް މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރުދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްއޭޖް އެންޑް ލިޓްރޭޗަރ) 

ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގްއޭޖް އެންޑް ލިޓްރޭޗަރ) 

މުއްދަތު:  ބެޗްލަރ އޮފް ޓީޗިންގ ސެކަންޑަރީ (ދިވެހި ލޭންގްއޭޖް އެންޑް ލިޓްރޭޗަރ): 3 އަހަރު (6 ސިމެސްޓަރ)

       ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގްއޭޖް އެންޑް ލިޓްރޭޗަރ)- އޮނަރސް: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 60 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ފ.ނިލަންދޫ، ބްލޮކްމޯޑު

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން، 3 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހިން ދަށްވެގެން “ބީ” ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު، އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

މާސްޓަރ އޮފް އެޑިޔުކޭޝަން

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)      

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ދ.ކުޑަހުވަދޫ، ބްލޮކްމޯޑް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

1- ތަޢުލީމީ ޝަރުޠު:

ހ. އެޑިޔުކޭޝަނާ ގުޅުންހުރި ދާއިރާއަކުން 03 އަހަރުދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ

ށ. އެޑިޔުކޭޝަން ނޫން ދާއިރާއަކުން 03 އަހަރުދުވަހުގެ ބެޗްލަރ ޑިގްރީއެއް (އެމް.ކިޔު.އޭ ލެވެލް 7) ހާސިލުކޮށްފައި ވުމާއެކު، އެމް.ކިޔު.އޭ ޤަބޫލުކުރާ ޑިޕްލޮމާ ފެންވަރުގެ އެޑިޔުކޭޝަން ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ. ޑިޕްލޮމާއިން ޓީޗިންގ ފުރިހަމަކޮށްފައި ވުމާއި 8 އަހަރުދުވަހުގެ ތަޖުރިބާ އެޑިޔުކޭޝަން ދާއިރާއިން ހޯދާފައިވުމާއި އުމުރުން 25 އަހަރު ފުރިހަމަވެފައިވުން.

އިނގިރޭސި ފެންވަރު:

ޑިޕްލޮމާ/ބެޗްލަރ ޑިގްރީ އިނގިރޭސި މީޑިއަމުން ކިޔަވާފައިނުވާނަމަ ސީ.އޭ.އީ އިން ދަށްވެގެން “ސީ” ގްރޭޑް ހޯދާފައިވުން ނުވަތަ IELTS ގެ އެކަޑަމިކް މޮޑިޔުލްއިން 6.0 ލިބިފައިވުން.

30 ނޮވެންބަރު 2015
ހޯދާ