ދިވެހިރާއްޖެ
(IUL)38-AC/38/2026/59 :ނަންބަރު
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026
ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ
2026 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން މި ދަންނަވަނީއެވެ.
|
ގުރުއަތުނެގުން ކުރިޔަށްދާނެ ތާރީޚު، ގަޑި އަދި ތަން |
|||
|
އަތޮޅު/ސިޓީ |
ތަން |
ތާރީޚު |
ގަޑި |
|
އަތޮޅުތައް |
ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް |
12 ފެބުރުވަރީ 2026، ބުރާސްފަތި |
10:00 |
|
ފުވައްމުލައް ސިޓީ |
ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް |
12 ފެބުރުވަރީ 2026، ބުރާސްފަތި |
10:00 |
|
ކުޅުދުއްފުށި ސިޓީ |
ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް |
12 ފެބުރުވަރީ 2026، ބުރާސްފަތި |
10:00 |
|
އައްޑޫ ސިޓީ |
ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް |
12 ފެބުރުވަރީ 2026، ބުރާސްފަތި |
10:00 |
|
ތިނަދޫ ސިޓީ |
ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއް |
12 ފެބުރުވަރީ 2026، ބުރާސްފަތި |
10:00 |
|
މާލެ ސިޓީ |
އިންތިޚާބާ ބެހޭ މަރުކަޒު، ޓްރެއިނިންގ ހޯލު |
12 ފެބުރުވަރީ 2026، ބުރާސްފަތި |
10:00 |
އަދި ދަންނަވަމެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނުކުރީމެވެ.
