މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ޑިރެކްޓަރ، އެކަޑެމިކް އެފެއާޒް (ރޭންކް 9 - ސްޓެޕް 1)

                  އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ، އެކަޑެމިކް އެފެއާޒް

މަޤާމުގެ ނަންބަރު:

J-432588

ބޭނުންވާ އަދަދު:

01  (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އެކަޑެމިކް އެފެއާޒް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ގަޑި:

8:00 ން 14:00 އަށް

މުސާރަ:

15,210.00ރ

މަޤާމުގެ އެލަވަންސް:

7,100.00ރ

ހާޒިރީ އިނާޔަތް:

190.00ރ ހާޒިރުވާ ދުވަހަކަށް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކިޔަވައިދިނުމާއިގުޅޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.    
  2. މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކާއި ޕްރޮގްރާމްތައް މުރާޖަޢާކުރެވޭނެ ނިޒާމެއް ގާއިމުކުރުމާއި، އައު ކޯސްތަކާއި ތަޢުލީމީ ޕްރޮގްރާމްތައް ތަޢާރަފުކުރުމުގެ ރޭވުންތައް އެކުލަވައިލުން. އަދި ތަޢުލީމީ އެކި މަރުޙަލާތަކަށް އަމާޒުކޮށް ކޯސްތައް ފަރުމާކުރުމުގައި ސީއީއޯއަށް ލަފާދިނުމާއި، އެ ކޯސްތައް އެކްރެޑިޓްކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.                  
  3. މޯލްޑިވްސް ޕޮލިޓެކްނިކްގަ މެންޑޭޓްގައި ފާހަކަކޮށްފައިވާ ދާއިރާތަކުން ދިވެހިން ބިނާކުރުމަށްޓަކައި އުފައްދަންޖެހޭ ކޯސްތައް ދެނެގަނެ އެމަސައްކަތްތައް ރާވައި ހިންގުން 
  4. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގުމަށް ކަނޑައެޅޭ ކޯސްތަކަށް ބޭނުންވާ އިކުއިޕްމަންޓްސް އަދި މެޝިނަރީސްތަށް ކިޔަވައިދެއްވާ ލެކްޗަރަރ އިންނާއި ގުޅިގެން ކަޑައަޅުން  
  5. ޒަމާނީ ލަރނިންގ ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައި ޚިދްމަތް ކުރިއަރުވަން މަސައްކަތްކުރުން  
  6. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، ކިޔަވައިދިނުން މޮނިޓަރކޮށް، ލެކްޗަރަރއިންނަށް ފީޑްބެކް ދިނުމާއި، އެކަޑެމިކް ސްޓާފުންގެ ޕާފޯމަންސް މޮނިޓަރކުރުން     
  7. ކިޔަވައިދޭ މުވައްޒަފުންގެ ޢިލްމީ ޤާބިލުކަމާއި ފަންނީ ހުނަރު އިތުރުކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް، މަދުވެގެން ކޮންމެ ސެމިސްޓަރއަކު އެއްފަހަރު އެފަދަ ޕްރޮގްރާމެއް ހިންގުން.
  8. މޯލްޑިވްސް ޕޮލިޓެކްނިކުގެ ކޯސްތަކުގައި ކިޔަވައިދެއްވާ ޕާރޓްޓައިމް ލެކްޗަރަރއިން ހޯދުމުގައި އެކުލަވާލަންޖެހޭ ފަންނީ އުޞޫލުތައް އެކުލަވާލައި، ޕާރޓްޓައިމް ލެކްޗަރާރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ރާވައި ހިންގުން                                     
  9.  މޯލްޑިވްސް ޕޮލިޓެކްނިކްގެ ކަރިކިއުލަމް ކޮމިޓީ، އެސެސްމެންޓް ކޮމިޓީ އަދި ސެކްޝަނުގެ ފަރާތުން އެކުލަވާލަ އެހެނިހެން ކޮމިޓީތައް އެކުލަވާލައި، އެކޮމިޓީތަކުގެ މަސައްކަތު ދާއިރާތަކާއި، ކޮމިޓީތަކުން މަސައްކަތްކުރާނޭ އުޞޫލުތައް އެކުލަވާލުމާއި، އެ ކޮމިޓީތައް ޗެއަރ ކުރުން        
  10. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތަކުގެ އެކަޑަމިކް ރިކޯޑްސް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.                                          
  11. މޯލްޑިވްސް ޕޮލިޓެކްނިކްގައި ކިޔަވައިދެވޭ އެންމެހައި ޕޮރްގްރާމްތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް ބެލެހެއްޓުން.                                  
  12. މޯލްޑިވްސް ޕޮލިޓެކްނިގައި ކިޔަވައިދެވޭ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް މަސައްކަތްކުރުން.  
  13. މޯލްޑިވްސް ޕޮލިޓެކްނިކާއި ދިވެހި ސިނާއަތްތަކާއި އޮންނަގުޅުން ހަރުދަނާކޮށް ބަދަހިކުރުން.    
  14. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކާއި، އައުޓްރިޖް ލަރނިން ސެންޓަރތަކުގައި ހިންގޭ ޕްރޮގްރާމްތަކުގެ އެކަޑަމިކް ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން.   
  15. ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ސެކްޝަނުގެ އެންމެހާ ކަންކަން އޮބްޖެކްޓިވް ގޮތެއްގައި ރިވިއުކޮށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް އަވަހަށް ގެނައުން.          
  16. ބޭރުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތަކަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގަންނަ ކޯސްތައް ހެދުމަށް މިނިސްޓްރީ އާ މަޝްވަރާކޮށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.                      
  17. މޯލްޑިވްސް ޕޮލިޓެކްނިކްގެ ލެކްޗަރަރއިންނާއި ބޭރުގެ ކަމާބެހޭ ޢިލްމީ މާހިރުނާއި އަދި އިންޑަސްޓްރީ ބޭފުޅުންނާއި މަޝްވަރާއާއި ލަފާ ހޯދޭނެ ފަހި ނިޒާމެއް ގާއިމުކުރުން.

މަޤާމުގެ ޝަރުޠުތައް:

1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

 

2. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

3. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

މިމަޤާމުގެ ތަޢުލީމީ ރޮނގު:

  1. ސްޓޫޑެންޓް އެފެއާޒް 
  2. އެކައުންޓިންގ 
  3. އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން 
  4. އެނަލިޓިކްސް 
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  6. ކޮމާރސް 
  7. ކްރިޓިކަލް ތިންކިންގ 
  8. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން 
  9. ޑިވެލޮޕްމަންޓް ސްޓަޑީޒް 
  10. އިކޮނޮމިކްސް 
  11. އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް 
  12. އެޑިއުކޭޝަން މެނޭޖްމަންޓް 
  13. އެޑިއުކޭޝަނަލް ސައިކޮލޮޖީ 
  14. އެޑިޔުކޭޝަނަލް ރިސަރޗް 
  15. ފައިނޭންސް 
  16. ހެލްތް ރިސަރޗް 
  17. ހަޔަރ އެޑިޔުކޭޝަން 
  18. ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން 
  19. ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް 
  20. ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް 
  21. ހަޔަރ އެޑިޔުކޭޝަން އެންޑް ސްޓޫޑެންޓް އެފެއާޒް 
  22. ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 
  23. އިންކްލޫސިވް އެޑިއުކޭޝަން 
  24. އިނޮވޭޝަން އެންޑް ހަޔަރ އެޑިޔުކޭޝަން 
  25. އިސްލާމިކް ސްޓަޑީޒް 
  26. ކިޔަވައިދޭ މާއްދާއަކުން ހާސިލްކޮށްފައިވާ ތަފާތު ޕޯސްޓްގްރެޖުއޭޓް ޑިގްރީތައް 
  27. ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން 
  28. ލީޑަރޝިޕް އިން އެޑިއުކޭޝަން 
  29. ޕޮލިޓިކަލް ސައިންސް 
  30. ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  31. ޕަބްލިކް ޕޮލިސީ 
  32. ރިސަރޗް 
  33. ރިސަރޗް މެތޮޑޮލޮޖީއާ އެކު މޭޖަރވާގޮތަށް ހަދާ ތަފާތު ޕޯސްޓްގްރެޖުއޭޓް ޑިގްރީތައް 
  34. ރިސަރޗް މެތަޑްސް 
  35. ރިސަރޗް ސްޓަޑީސް 
  36. ސްކޫލް ލީޑަރޝިޕް 
  37. ސްކޫލް މެނޭޖްމަންޓް 
  38. ޝަރީޢާ އެންޑް ލޯ 
  39. ސޯޝަލް ޕޮލިސީ 
  40. ސޯޝަލް ރިސާރޗް 
  41. ސްޓޫޑެންޓް އެފެއާޒް އެޑްމިނިސްޓްރޭޝަން 
  42. ޓީޗިންގ 
  43. ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން 
  44. ޓަރޝަރީ އެޑިޔުކޭޝަން 

ގުޅޭވަޒީފާގެ ދާއިރާތައް:

މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމާގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގެ މެނޭޖީރިއަލް، ޕޮލިސީ ނުވަތަ ފަންނީ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12  ފެބުރުވަރީ 2026 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޕޮލިޓެކްނިކް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ .

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު/އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 ފެބުރުވަރީ 2026 އާއި 09 މާރިޗު 2026 އާ ދެމެދު، މޯލްޑިވްސް ޕޮލިޓެކްނިކް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3002569 އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

08 ފެބުރުވަރީ 2026
ހޯދާ