ދިވެހިރާއްޖެ
ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުން.
ޤާނޫނު ނަންބަރު 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންނަށް ބޭއްވޭ ބައްދަލުވުމެއް، މި ހިނގާ ފެބުރުވަރީ މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:45 ގައި، ނ.މިލަދޫ ޒުވާނުންގެ މަރުކަޒުގައި އޮންނާނެއެވެ.
މި ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ ނ.މިލަދޫ ކައުންސިލްގެ އަހަރީ ރިޕޯރޓާ، މާލީ ހިސާބުގެ އިތުރުން، 2026 ވަނަ އަހަރަށް ފާސް ކުރެވުނު ބަޖެޓް ތަފްޞީލާއި، އެކްޓިވިޓީ ޕްލޭން ޙިއްޞާ ކުރެވޭނެއެވެ.
ރައްޔިތުންނާ ބައްދަލުކޮށް، މި ދެންނެވި މަޢުލޫމާތު ޙިއްޞާ ކުރިނަމަވެސް، މި މަޢުލޫމާތުތައް، މިއަދުން ފެށިގެން، ރަސްމީ ގަޑިގައި ބެއްލެވޭނެ އިންތިޒާމް މި އިދާރާގައި ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން ތިރީގައިވާ ލިންކު މެދުވެރިކޮށް އޮންލައިންކޮށް ވެސް ބެއްލެވޭނެއެވެ.
https://www.facebook.com/photo?fbid=1302554835244899&set=pcb.1302555428578173
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
