މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
ދިވެހިރާއްޖެ
ސީނިއަރ އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ އިންޓަނޭޝަނަލް ރިލޭޝަންސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-437029

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ސްކިލް ލެވަލް:

4

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންޓަނޭޝަނަލް ރިލޭޝަންސް ސެކްޝަން / މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ

މުސާރަ:

މަހަކު 9,560.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 4,465.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ހާޒިރީ ޢިނާޔަތުގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 120.00 ރުފިޔާ
  2. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އޮފީހަށް ލިބޭ ލިޔެކިއުންތައް އެންޓްރީކުރުމާއި ދުވަހުން ދުވަހަށް އެކްޝަން ނެގޭކަން ޔަޤީންކޮށް، ލިޔެކިއުންތައް ބަލަހައްޓަމުންދާ ސޮފްޓްވެއަރ ތަކުގައި ގަވައިދުން އެ ލިޔެކިއުންތައް އަދާހަމަކުރުން.
  2. ބައިނަލްއަޤުވާމީ މުއާހަދާތަކާއި ފަހުމުނާމާތައް ބަލައި ދާއިރާއާ ގުޅުންހުރި ކަންކަން ފާހަގަކޮށް، ކުރިއަށް ގެންދާ ހަރަކާތްތަކުގެ ޕްލޭން ތައްޔާރުކުރުމާއި، ހަރަކާތްތައް ކުރިއަށްދާގޮތުގެ ރިޕޯޓު ތައްޔާރުކޮށް، ކުއާޓަރލީ ރިޕޯޓު ޒިންމާދާރުވެރިޔާއަށް ހުށަހެޅުން.
  3. މިނިސްޓްރީން ބާއްވާ ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް، ގަވައިދުން ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ބައްދަލުވުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
  4. ފަންނާއި، ސަގާފަތާއި ތަރިކައާ ގުޅުންހުރި ޤައުމީ އަދި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަސްތައް ދެނެގަނެ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، އަހަރީ ކަލަންޑަރާ އެއްގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖައްސައި ކުރިއަށް ގެންދިއުން އަދި ސްޕަވައިޒަރަށް ގަވައިދުން ރިޕޯޓުކުރުން.
  5. މިނިސްޓްރީން އިންތިޒާމުކުރާ ރާއްޖެއާއި ރާއްޖެއިންބޭރުގެ ދަތުރުތަކުގެ ކަންކަން ޒިންމާދާރުވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިއުން އަދި ދަތުރުތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ދަތުރުތަކުގެ ފައިލްތައް އަދާހަމަކޮށް ބެލެހެއްޓުން.
  6. މިނިސްޓްރީއާއި ދާއިރާގެ އަހަރީ ހަރަކާތްތަކުގެ ކުއާޓަރ ރިޕޯޓު ހުށަހެޅުމުގެ ބައްދަލުވުންތައް ތާވަލުކޮށް، ތާވަލާ އެއްގޮތަށް އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
  7. ސެކްޝަނަށް ލިބޭ ލިޔުންތަކަށް ޖަވާބު ދިނުމާއި، ސެކްޝަނުން ފޮނުވަންޖެހޭ ސިޓީ، ނޯޓު އަދި މެމޯ ތައްޔާރުކޮށް، ސެކްޝަނުގެ ހަފްތާ ރިޕޯޓު ތައްޔާރުކޮށް ސްޕަވައިޒަރަށް ފޮނުވުން.
  8. ސެކްޝަންގެ އެހެން މުވައްޒަފަކު ވަޒީފާއަށް ހާޒިރުނުވާ ހާލަތްތަކުގައި، އެ މުވައްޒަފެއްގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސެކްޝަންގެ އިސްވެރިޔާ ހަވާލުކުރާ މަސައްކަތްތައް ވަގުތީ ގޮތުން ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. ޑިވެލޮޕްމަންޓް ސްޓަޑީޒް
  2. ޑިޕްލޮމެސީ  
  3. ޑިޕްލޮމަސީ އެންޑް އިންޓަރނޭޝަނަލް ލޯ  
  4. ޑިޕްލޮމެޓިކް ސްޓަޑީޒް  
  5. އިކޮނޮމިކް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  6. ފޮރިން ރިލޭޝަން  
  7. ގްލޯބަލް ގަވަރނަންސް  
  8. ގްލޯބަލް ގަވަރނަންސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  9. ގްލޯބަލް ސްޓަޑީޒް  
  10. ގަވަރނަންސް  
  11. ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް  
  12. ގަވަރނަންސް އެންޑް ޑިޕްލޮމަސީ  
  13. ގަވަރނަންސް އެންޑް ހިއުމަން ރައިޓްސް  
  14. ގަވަރނަންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް  
  15. ގަވަރނަންސް އެންޑް ޕަބްލިކް ޕޮލިސީ  
  16. ގަވަރނަންސް އޮފް ސަސްޓެއިނަބިލިޓީ  
  17. އިންޓަރނޭޝަނަލް އެފެއާޒް  
  18. އިންޓަރނޭޝަނަލް ބިޒްނަސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް  
  19. އިންޓަރނޭޝަނަލް ބިޒްނަސް ނެގޯސިއޭޝަން  
  20. އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް  
  21. އިންޓަރނޭޝަނަލް ލީޑަރޝިޕް އެންޑް ނެގޯސިއޭޝަން  
  22. އިންޓަރނޭޝަނަލް ޕަބްލިކް ޕޮލިސީ  
  23. އިންޓަނޭޝަނަލް ރިލޭޝަންސް  
  24. އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ގްލޯބަލް އެފެއާޒް  
  25. އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް އިންޓަރނޭޝަނަލް އޯގަނައިޒޭޝަން  
  26. އިންޓަރނޭޝަނަލް ރިލޭޝަންސް އެންޑް ސޯޝަލް ޕޮލިސީ  
  27. އިންޓަނޭޝަނަލް ސްޓަޑީސް  
  28. ނެގޯސިއޭޝަން އެންޑް ކޮންފްލިކްޓް ރެޒޮލިއުޝަން  
  29. ޕޮލިޓިކަލް ސައިންސް  
  30. ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް  
  31. ޕޮލިޓިކްސް އެންޑް ގަވަރނަންސް  
  32. ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް  
  33. ޕަބްލިކް މެނޭޖްމަންޓް އެންޑް ގަވަރނަންސް  
  34. ޕަބްލިކް ސަރވިސް އެންޑް ގްލޯބަލް އެފެއާޒް  
  35. ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް  
  36. ޓްރާންސްނޭޝަނަލް ގަވަރނަންސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  1. ބައިނަލްއަގުވާމީ ފަރާތްތަކާގުޅޭ ގޮތުން ކުރާ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

    (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ދިވެހި ލެންގްއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް (ޤައުމީ ދާރުލްއާސާރު، ޗާންދަނީމަގު/ މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާނު އޮންނާނީ، 2026 ފެބުރުވަރީ 15 އާއި 2026 މާރިޗު 25 އާ ދެމެދު، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް، މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ގުޅާނީ 7226046 ނުވަތަ 3036999 އަށެވެ. އީ-މެއިލް ކުރާނީ(([email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޝަޢުބާން 1447

04 ފެބުރުވަރީ 2026
ހޯދާ