ދިވެހިރާއްޖެ
މި ސްކޫލުގެ ނަންބަރު 2015/20/GS-65-Aފ(01 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
1- ސްކޫލް އިމާރާތުގެ ބޭރަށް އަލިކުރުމަށް ހަރުކޮށްފައިވާ ލައިޓްތައް ބަދަލުކުރުން.
2- ސައިންސް ލެބްތަކުގައި ބެހެއްޓިފައިވާ ސިންކްތަކުން ފެންލީކްވާ މައްސަލަ ޙައްލުކުރުން.
3- ފަސްޓްފްލޯއަށް އަރަންހުރި ސިޑީގެ ސީލިންގގެ މަތިން ފެންލީކުވާ މައްސަލަ ޙައްލުކުރުން.
4- ކްލާސްރޫމުގައި ހަރުކުރެވިފައިވާ ދޮރުތަކުގެ ތަޅު ބަދަލުކުރުން.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.
މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގައި މި ސްކޫލުގެ އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، އެމަސައްކަތްތަކުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ފޮނުވާ ފަރާތުގެ ސިޓީއާއި އައިޑީކާޑުގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަވަންވާނެއެވެ.
14 ޞަފަރު 1437