މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
ހަމަޖައްސާ ސެކްޝަން: އިމާމް ޔުނިޓް
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 4
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
|
މުސާރަ:
|
-/5,020 ރުފިޔާ
|
ސަރވިސް އެލަވަންސް: -/1,500 ރުފިޔާ
|
މަޤާމުގެ ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ކ، އއ، އދ، ވ، މ، ފ، ދ މި އަތޮޅުތަކުގެ ރަށްރަށުގައި ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުން ލެއްވުމާއި، ބަދަލުކުރުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން.
- މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ކ، އއ، އދ، ވ، މ، ފ، ދ މި އަތޮޅުތަކުގެ ރަށްރަށުގައި މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.
- މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ކ، އއ، އދ، ވ، މ، ފ، ދ މި އަތޮޅުތަކުގެ ރަށްރަށުގައި މުވައްޒަފުންގެ އެޕްރައިސަލް ފޯމާއި، އެޓެންޑެންސާއި، މުވައްޒަފުންނަށްދޭ ނަސޭހަތުގެ ރެކޯޑްސް، ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން.
- މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން ކ، އއ، އދ، ވ، މ، ފ، ދ މި އަތޮޅުތަކުގެ ރަށްރަށުގެ މުވައްޒަފުންގެ މުސާރައާ ގުޅުންހުރި ހުރިހާކަމެއް، ކައުންސިލްތަކާ ގުޅައިގެން ހަމަޖެއްސުމާއި، އެ ރިޕޯޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މި މިނިސްޓްރީން ފޮނުވާ ފައިސާގެ ޚަރަދުތަކާއި، ބާކީ ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
- މިސްކިތްތައް ބެލެހެއްޓުމާ ގުޅިގެން ގަންނަންޖެހޭ ތަކެތި ގަތުމުގެ މަސައްކަތް، ކައުންސިލްތަކާ ގުޅިގެން ކުރުން.
- އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:
- މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް / އިސްލާމީ މަރުކަޒުގައެވެ.
- ރަސްމީ މަސައްކަތުގެ ވަގުތަކީ، 08:00 އިން 14:00 އަށެވެ. މީގެ އިތުރުން، ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން ނުވަތަ އިތުރުގަޑީގައި މަސައްކަތްކުރަން ނިކުންނަން އަންގައިފިނަމަ ނިކުތުން (ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް:
- ތަޢުލީމީގޮތުން ލިބިފައިވާ މާކުހާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، އިންޓަވިއު، މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަށެވެ.
|
ސުންގަޑި:
2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒަށް)
|
އިންޓަވިއު:
|
އިތުރު މަޢުލޫމާތު:
|