ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ސްކޫލް މަދަރުސާތަކުގެ ސެކިއުރިޓީ އައުޓްސޯސް ކުރައްވަން ހަމަޖައްސަވާފައިވާ އުސޫލާ އެއްގޮތަށް އިޢުލާނު ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މެސެޖުން (ނަންބަރު: MSG)22-SA/22/2015/204)ފ19 ނޮވެންބަރު 2015) އެންގުމާ ގުޅިގެން 1 ޖަނަވަރީ 2016 ން ފެށިގެން 31 ޑިސެންބަރު 2016ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ސ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
# |
ތަފުސީލު |
މަޢުލޫމާތު ދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
1 |
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން |
07 ޑިސެންބަރު 2015 ހެނދުނު 11:00ގައި |
15 ޑިސެންބަރު 2015 ހެނދުނު 11:00ގައި |
- މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެންމެ ފަރާތެކެވެ.
- މަޢުލޫމާތު ސާފުކުރައްވަން ފޮނުވާ، އެކިފަރާތްތައް ތަމްސީލު ކުރައްވާ ފަރާތްތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ގެންނަވަންވާނެއެވެ.
- ހާޒިރުވެވަޑައިގަންނަވާ ފަރާތްތަކުގެ އައިޑީ ކާޑު ގެންނަވަންވާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ގަބޫލެއް ނުކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6895679 ނަންބަރު ފޯނަށެވެ.
13 ޞަފަރު 1437
25 ނޮވެންބަރު 2015
ހޯދާ