ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2026/04 |
|
ތާރީޚް: |
16 ޝަޢުބާން 1447 |
|
|
04 ފެބުރުވަރީ 2026 |
ގދ.ވާދޫކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް 1447
ގދ.ވާދޫ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް އަންނަ ރަމަޟާން މަހުގެ 19 ވާ އާދީއްތަ ދުވަހު ( 08 މާރޗް 2026 ) ގައި ފަށާގޮތަށްވަނީ ހަމަޖެހިފައެވެ.
ވީމާ،މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހޭ ފޯމް އާއި ލިޔެކިޔުން ފުރިހަމަކުރެއްވުމަށްފަހު 26 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ވާދޫކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.މިމުއްދަތުގެ ފަހުން ހުށަހަޅާއެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ގދ.ވާދޫ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.އަދި މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވެސް ހުންނާނެވެ.
މިމުބާރާތުގެ އެކިއެކި އުމުރުފުރާތަކުންނާއި،ގޮފިތަކުން 1 ވަނަ،2 ވަނަ އަދި 3 ވަނަ އަށް ހޮވޭފަރާތްތަކަށް މިކައުންސިލުން ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވާ ވާހަކަވެސް ދެންނެވީމެވެ
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް
