ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށީ ކެމްޕަހުގެ ދަނާލު 01 އަދި 02 ގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށި ކެމްޕަހުގެ ދަނާލު 1 އަދި 2 ގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 1 އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- މި ބީލަމާ ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ/ސައިޓް ވިޒިޓް އޮންނާނީ 10 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަސް (ހދ. ކުޅުދުއްފުށި) ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 16 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 11:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަސް (ހދ. ކުޅުދުއްފުށި) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ. ޕްރީ ބިޑް މީޓިންގއަށް ޙާޟިރުނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
- ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.
|
މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ: |
ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛ |
|
ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ ފޯން: 3345134, 3345196 އީ-މެއިލް:[email protected] |
ކުޅުދުއްފުށި ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މާލިމީ ހިނގުން، ކުޅުދުއްފުށި ސިޓީ ފޯން: 3345227 އީ-މެއިލް: [email protected] |
04 ފެބުރުވަރީ 2026
04 ފެބުރުވަރީ 2026
ހޯދާ
