މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލް މަރަމާތުކުރުން.(ޕްރޮޖެކްޓް ނަންބަރު 2025/05) (ތިންވަނަ އިޢުލާން)
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ނަންބަރު (IUL-G)GS113/2026/002(13 ޖަނަވަރީ 2026) އިޢުލާނާއި ގުޅިގެން 3 ފަރާތުން ބިޑު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައި ނުވާތީ ތިންވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ސްކޫލް މަރާމާތުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވާތީ، ޝައުޤުވެރިވާ ފަރާތް ތަކަށް ބީލަމުގައި ބައިވެރިވުމުގެ ދަޢުވަތު ދެމެވެ.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 15 ފެބުރުވަރީ 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން، ބިޑްރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށްގެންނެވެ. ބިޑްރެޖިސްޓްރޭޝަން ފޯމް މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު އެޓޭޗުކުރެވިފައި އެވަނީއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 25 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
04 ފެބުރުވަރީ 2026
ހޯދާ
