ދިވެހިރާއްޖެ
މި ސްކޫލުގެ 8 ކްލާސްރޫމުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދުމަށް
މި ސްކޫލުގެ 08 ކްލާސްރޫމުގައި ކުލަލުމަށް ބޭނުންވެގެން ކުރި އިޢުލާން ނަންބަރު GS144/2015/IUL/24ފ(01 ނޮވެންބަރު 2015) އަށް 3 ފަރާތަށްވުރެ މަދުން އިޖާބަ ދެއްވާފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް 8 ކްލާސްރޫމުގައި ކުލަ ލައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
14 ޑިސެމްބަރ 2015 ވާ ހޯމަ ދުވަހުގެ 12.00 |
20 ޑިސެމްބަރ 2015 ވާ އާދިއްތަ ދުވަހުގެ 12.00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ނަންބަރު ފޯނާއެވެ.
17 ޞަފަރު 1437