ދިވެހިރާއްޖެ
ޝައުޤުވެރިކަން (އީ.އޯ.އައި) ހުށަހެޅުމަށް ދެވޭ ދަޢުވަަތު
ދިވެހި ދައުލަތް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އާބާދީ ބޮޑު ރަށްރަށުގެ އާންމުންނަށާއި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމަށް، މާލީ އަދި ފަންނީ ޤާބިލުކަންހުރި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް 5 ނޮވެންބަރު 2015 ގައި ކުރި އިޢުލާން ނަންބަރު IUL)101-AF/1/2015/158) އަށް ހަވާލާދީ ދަންނަވަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް އީ.އޯ.އައި ހުށަހެޅުއްވުމުގެ އެންމެ ފަހު މުއްދަތަކީ 6 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކަމުގައި ބަޔާންކޮށްފައިވާ މުއްދަތު މިހާރުވަނީ 28 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 އާ ހިސާބަށް އިތުރުކުރެވިފައެވެ.
އެހެންކަމުން މިވާހަކަ އެންމެހައި ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
“EOI FOR THE PROVISION OF PUBLIC AND SCHOOL BUS SERVICES TO MALE’, HULHUMALE’ AND OTHER DESIGNATED POPULATION CENTRES OF MALDIVES”
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ވެލާނާގެ، 11 ވަނަ ފަންގިފިލާ،
މާލެ، ދިވެހިރާއްޖެ
ފޯން: 3306696 ފެކްސް: 3323840
އީމެއިލް: [email protected]
އީ.އޯ.އައި ނުވަތަ އީ.އޯ.އައި ތައް ބަލައިގަތުމާއި ބަލައިނުގަތުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ލިބިގެންވެއެވެ. އީ.އޯ.އައި ހުށަހެޅުމަށް ދެވިފައިވާ ސުންގަޑީގެފަހުން ހުށަހަޅާ އީ.އޯ.އައި ބަލައެއް ނުގަނެވޭނެއެވެ. ޕޯސްޓް ނުވަތަ އެހެން ވަސީލަތެއް މެދުވެރިކޮށް ހުށަހަޅުއްވާ އީ.އޯ.އައި ލިބުމުގައި ދިމާވާ ލަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.