މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އަނގޮޅިތީމުން ސްޕޯރޓްސް އެރީނާގެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޓުގެ ބިމުގައިހުރި ރުއްތައް ނަގައިގެން ގެންދާނެފަރާތެއް ހޯދުން

ރ.އަނގޮޅިތީމު ސްޕޯރޓްސް އެރީނާގެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޓުގެ ބިމުގައިހުރި ރުއްތައް ނަގައިގެން ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން 2026 ފެބުރުއަރީ 12 ވާ (ބުރާސްފަތި) ދުވަހުގެ 14:00 ގެކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ސަރަހައްދުގައިހުރި ރުކުގެ ޢަދަދަކީ 67 އެވެ. ރުކެއްގެ އެވްރެޖް އަގަކީ ކޮންމެ ރުކަކަށް -/700 (ހަތްސަތޭކަ) ރުފިޔާއެވެ. އެސަރަހައްދުގައި ހުންނާނީ  ދިގު އަދި މެދުފަންތީގެ ރުކާއި ގާތްގަނޑަކަށް 12 ނުވަތަ 16 ފޫޓުގެ ރުކާއި އެއަށްވުރެ ކުރު ރުކެވެ. ނަމަވެސް ކަނޑައެޅިފައިވާ ރޭޓުން ޖުމުލަ ޢަދަދަށްވުރެ ބޮޑުކޮށް ހުށަހެޅުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. އެއްފަރާތަށްވުރެ ގިނަފަރާރްތަކުން ހުށަހަޅާފައިވާނަމަ އިސްކަންދޭގޮތަށް ހަމަޖެހިފައިވަނީ  އެންމެބޮޑު އަގު ހުށަހަޅާ ފަރާތަށެވެ.، މިކަމަށް ޝަޢުޤުވެރިވާފަރާތްތަކުން ޝަޢުޤުވެރިވާކަން ސިޓީއަކުން [email protected] އަށް މެއިލްކޮށް ފޮނުވުން އެދެމެވެ. އަދި ދަންނަވަމެވެ. ރުއްތައް ނަގައި ރަށުން ބޭރުކުރުމަށް ކަމާއިބެހޭ އިދާރާތަކުން ނަގަންޖެހޭ ހުއްދަ ނެގުމަކީ ނަގަން ހަވާލުވާ ފަރާތުގެ ޒިންމާއެކެވެ. އެކަމަށް މިއިދާރާއިން ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދޭނެވާހަކަ ދަންނަވަމެވެ.

  • ރުއްތައް ނެގުމުގައި ޢަމަލުކުރަންޖެހޭގޮތް
  1. ރުއްތައް ނަގަން ފެށުމުގެކުރިން އެއްބަސްވުމުގައި ސޮއިކުރުން
  2. ރުއްތައް ނެގުމުގެ މަސައްކަތް ފެށުމުގެކުރިން އެއްބަސްވުމުގައިވާ ގޮތުގެމަތީން ފައިސާ ދައްކާ ޚަލާޞްކުރުން
  3. ރުއްތައް ނެގުމުގެ ތެރޭގައި އާއި ގެންދިއުމުގެ ތެރޭގައި ނަގަންނުޖެހޭ އެއްޗަކަށް އަދި ތަނަކަށްވިއަސް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއްގެ ޒިންމާނަގައި ފުރިހަމައަށް ހައްލުކުރުން
  4. ވެހިކަލް ދުއްވުމުގެތެރޭގައި މަގުތަކަށް ލިބޭގެއްލުން ހައްލުކުރުން
  5. ސަރަހައްދުގައިހުރި ގަސްތައްނަގައި އެއްފަރާތްކޮށް ސަރަހައްދު ހައިމާކުން ކުރެވޭވަރަށް ރަގަޅަށް ސާފުކުރުން

ވީމާ، މި ކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާންކުރީމެވެ. އިތުރު މަޢްލޫމާތެއް ސާފުކުރަންވަން ބޭނުންފުޅުވާނަމަ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޔޫސުފު 7887792 އަށް ގުޅުއްވުން އެދެދެމެވެ.

03 ފެބުރުވަރީ 2026
ހޯދާ