ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2026 ވަނަ އަހަރު ގެ ޝަހާދާ ސާނަވީ އަދި ޝަހާދާ އިޢުދާދީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތް ކުރުމަށް މާކަރުން ހޯދުން

އިޢުލާން

       2026 ވަނަ އަހަރުގެ ޝަހާދާ ސާނަވީ އަދި ޝަހާދާ އިޢުދާދީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތް ކުރުމަށް މާކަރުން ހޯދުން

 

2026 ވަނަ އަހަރުގެ ޝަހާދާ ސާނަވީ އަދި ޝަހާދާ އިޢުދާދީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތް ކުރުމަށް މާކަރުން ހޯދުންމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ބޭންވާ އަދަދު

ޝަހާދާ ސާނަވީ މާކަރު

23

ޝަހާދާ ޢިއުދާދީ މާކަރު

13

 

ޝަރުޠު:

މާކަރުން ޝަރުތު:

 

  1. މިއަހަރުގެ ޝަހާދާ ސާނަވީ އަދި ޝަހާދާ އިޢުދާދީ އިމްތިޙާނުގައި ތިމާ، ތިމާގެ ދަރި ބައިވެރި ވެފައިވާ ފަރާތަކަށް ނުވުން
  2. ޝަހާދާ ސާނަވީ ނުވަތަ ޝަހާދާ ޢިއުދާދީ ގެ ސިލަބަހަށް މިހާރު ކިޔަވައިދޭ މީހަކަށް ވުން
  3. މާއްދާއާއި ގުޅޭ ދާއިރާއަކުން ދައްވެގެން ޑިޕްލޮމާ ހާސިލް ކޮށްފައި ވުމާއެކު، އުމުރުން 65 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ނުވުން
  4. ވޭތުވެދިޔަ އަހަރުތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓުން ނުވަތަ ކަމާގުޅުން ހުރި އިދާރާއަކުން ސުލޫކީ މައްސަލައެއްގައި ފިޔަވަޅު އަޅާފައިވާ ފަރާތެއް ކަމުގައި ނުވުން

 

މަސްޢޫލިއްޔަތު:

1.  މާކަރުންގެ މަސްއޫލިއްޔަތަކީ އިމްތިޙާނުގެ މާކިން މަސައްކަތް ކުރައްވާ އެގްޒޭމިނަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން، ތެދުވެރިކަމާ، އިންސާފުވެރިކަމާއެކު މާކު ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުމެވެ.

2.  މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގައި ބައިވެރިވި ކެނޑިޑޭޓުންނާއި މާކިން މަސައްކަތުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް ދިނުމަށް ބާރުއަޅަން ވާނެއެވެ.

3.  މާކަރެއްގެ ހައިސިއްޔަތުން، އިމްތިޙާނުގެ މާކިން މަސައްކަތް ކުރިއަށް ގެންދިޔުމުގައި އަންނަނިވި ނުކުތާތަކާއެއްގޮތަށް ޢަމަލުކުރަން ވާނެއެވެ.

3.1 އިމްތިޙާނުގެ މާކިން މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި  ކުރަންވާނެއެވެ.

3.2 ކޮންމެ މާކަރަކާ މާކުކުރަން ޙަވާލުކުރެވޭ ދަރިވަރުންގެ ޖަވާބު ކަރުދާސްތައް ޙަވާލުކުރެވޭނީ ލިޔުމެއްގައި ސޮއި ކުރުވާފައެވެ. މިނޫން ގޮތަކަށް އެއްވެސް މާކަރަކު ޖަވާބު ކަރުދާހާ ޙަވާލުވެގެން ނުވާނެއެވެ

3.3 ކޮންމެ މާކަރަކު މާކިންއަށް ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި މާކަރުންގެ ޙާޟިރީގައި ސޮއި ކުރަންވާނެއެވެ.

3.4 މާކަރުންނާ މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ޕެކެޓުގެ ބޭރުގައި އެޕެކެޓުގައި ހުންނާނެ ޖަވާބުކަރުދާހުގެ ކޯޑު ނަމްބަރުތައް ޖަހާފައި ހުންނާނެއެވެ. އެކަރުދާސްތައް ޕެކެޓުގައި ހަމައަށް ހުރިތޯ ޗެކުކުރުމަށް ފަހުގައި ނޫނީ ޖަވާބު ކަރުދާހާ ހަވާލުވެގެން ނުވާނެއެވެ.

3.5 މާކުކުރަން މާކަރާ ޙަވާލުކުރެވިފައިވާ ޖަވާބު ކަރުދާސް ޕެކެޓުގެ މަސައްކަތް މުޅިން ނިމުމުން، ނުވަތަ އެދަންފަޅިއެއްގެ މަސައްކަތް ނިމުމުން، ނުވަތަ މާކަރު ބޭރަށް ދާންޖެހުމުން ޖަވާބު ކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލުކުރަން ވާނެއެވެ. މިގޮތުން ޖަވާބުކަރުދާސް ޕެކެޓު އިދާރީ މޭޒާ ޙަވާލު ކުރާއިރު ޕެކެޓުން ހުރިހާ ކަރުދާހެއް ނަގައިގެން ހުރިހާ ކޯޑެއްގެ ކަރުދާސް ހަމައަށް ދެއްކުމަށްފަހު މާކަރުގެ ފައިލުގައި ޖަވާބުކަރުދާސް ހަވާލުކުރުމަށް އޮންނަ ޝީޓުގައި ސޮއި ކުރުވަންވާނެއެވެ.

3.6 މާކުކުރަން ޙަވާލުކުރާ ޖަވާބު ކަރުދާސް ތަކުގެ ތެރ ގައި އެވަގުތަކު މާކުކުރެވެމުންދާ ކަރުދާސް ނޫން ޖަވާބުކަރުދާހެއް އޮވެއްޖެނަމަ ނުވަތަ އެހެން މާއްދާއެއްގެ ޖަވާބުކަރުދާހެއް އޮވެއްޖެނަމަ (މާކުކުރަނީ ކަރުދާސް 2 ކަމަށް ވެފައި ކަރުދާސް 1 ގެ ޖަވާބު ކަރުދާހެއް އޮތުން ނުވަތަ މާކުކުރަނީ ދިވެހި ކަމަށް ވެފައި އިސްލާމް ކަރުދާހެއް އޮތުން) އެ ޕެކެޓަކާ ޙަވާލުވެގެން ނުވާނެއެވެ. ޖަވާބުކަރުދާހާ ޙަވާލުވާއިރު މިކަން ޗެކުކުރަންވާނެއެވެ.

3.7 މާކިން ފެށުމަށްފަހު، ޑީޕީއީން އަންގަވާ ގޮތެއްގެ މަތީން ފޮޓޯކޮޕީ ކަރުދާސް މާކު ކުރަންވާނެއެވެ.

3.8 މާކިން ފެށުމަށްފަހު، ހަވާލުކުރެވޭ ޖަވާބު ކަރުދާސްތައް ދުވަހުން ދުވަހަށް މާކުކޮށްދޭން ވާނެއެވެ. އަދި ޖަވާބު ކަރުދާސް މާކުކޮށް ނިމުމަށްފަހު ހުރިހާ ސުވާލެއް މާކުކޮށް މާކުސް ދެވިފައިވާކަން ކަށަވަރުކުރަން ވާނެއެވެ

3.9 ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީޗެކަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކުކޮށް ދޭންވާނެއެވެ.

 

މާކިންއަށް އެދޭ ފަރާތްތައް ނަގާނެ ގޮތާއި މާކުސް ދެވޭ ގޮތުގެ ތަފްޞީލް

 

 

ބަލާނެ ބައިތައް

އެގްޒޭމިނަރުން (%)

ތަޢުލީމް

60

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

40

 

މާކުސް ދެވޭ ގޮތުގެ ތަފުޞީލް

ދާއިރާ

ތަފްޞީލް

މާކުސް

ތަޢުލީމް

ޕީ.އެޗް.ޑީ

މާސްޓަރސް

ޑިގްރީ

ޑިޕްލޮމާ

 

45

40

35

30

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ (އަހަރަކަށް 10 މާކްސް) ތަޖުރިބާ ގުނުމުގައި ބަލާނީ ފާއިތުވެދިޔަ އެންމެފަހުގެ 4 އަހަރަށެވެ).

  • ކިޔަވައިދިނުން
  • ސިލަބަސް އެކު ލަވައިލުން
  • ފަންނީލަފާ ދިނުން

 

40

 

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚާއި ވަގުތު

  1. މާކު ކުރުމުގެ މަސައްކަތް:

   28 މާރިޗު 2026 އިން 23 އޭޕްރީލް 2026 އަށް (14:00 އިން 20:00 އަށް)

 

އުޖޫރަ:

  1. މާކު ކުރާ ކޮންމެ ކަރުދާހަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
  • ރީޗެކް މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، ކަރުދާހަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ މާކިންގ ގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އަދި ތިރީގައިމިވާ ލިންކުންވެސް ލިބެން ހުންނާނެއެވެ.
  • https://shorturl.at/lV1Sr
  1. ވަނަވަރު (ސީ.ވީ)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ  ( ކިޔަވައިދޭ މާއްދާއާގުޅޭ އެންމެމަތީ ސެޓްފިކެޓް )
  4. މަސައްކަތު ތަޖުރިބާގެ ލިޔުން

 

ސުންގަޑި:

10 ފެބުރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޢިއްޒުއްދީން ބިލްޑިންގ ގައިވާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ގެ ކައުންޓަރަށް ނުވަތަ ތިރީގައި މިވާ އީމެއިލް އެޑުރެހަށެވެ.

[email protected]

 

  • އިތުރު މައުލޫމާތު ހޯއްދެވުމަށް 3041348 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
03 ފެބުރުވަރީ 2026
ހޯދާ