ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކުދިން ކުޅުމަށް ބޭނުންވާ ބައެއް ތަކެތި ހަދަން

މަދަރުސާގެ ގޯތިތެރޭގައި ކުދިން ކުޅުމަށް ބޭނުންވާ ބައެއް ތަކެތި ހަދަން ބޭނުންވެއްޖެއެވެ.

2016 ވަނައަހަރު މިމަދަރުސާގައިި އުފެދޭ ޕްރީސްކޫލް ( LKG , UKG ) ދަރިވަރުން ކުޅުމަށް ބޭނުންވާ ބައެއް ތަކެތި ހެދުމަށް ބޭނުންވެގެން 2015 ނޮވެންބަރު 19 ވީ ދުވަހު ކުރެވުނު މިމަދަރުސާގެ ނަންބަރު: GS-30/IUL/2015/18 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ދުރުވެފައިނުވާތީ އަލުން އިޢުލާން ކުރީމެވެ.

ވުމާއެކު، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަދަރުސާގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް އެހެން މީހަކު ފޮނުއްވާނަމަ އެކަން އެނގޭނެގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

09-12-2015

ބުދަ

11:00

ގދ.އަތޮޅު މަދަރުސާގެެ އޮފީސް

އަންދާސީހިސާބު ހުށަހެޅުއްވުން

15-12-2015

އަންގާރަ

11:00

ގދ.އަތޮޅު މަދަރުސާގެ އޮފީސް

17 ޞަފަރު 1437

29 ނޮވެންބަރު 2015
ހޯދާ