އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބެލެނިވެރިންގެ ހިޔާ ފިނިޝިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން (2ވަނަ)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ބެލެނިވެރިންގެ ހިޔާ ފިނިޝިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން (2ވަނަ)

 

މި ކައުންސިލުން ޢިމާރާތް ކުރަމުންދާ ބެލެނިވެރިންގެ ހިޔާ އިމާރާތުގެ ހިޔާކޮށް ސީލިންގު ކުރުމާއި މުށިޖެހުމާއި ކުލަލުމާއި ކަރަންޓްވައިރިންގް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާއި ގުޅިގެން މިކައުންސިލްގެ ނަމްބަރު: (IUL)342/INDIV/2026/3 (15 ޖަނަވަރީ 2026) އިޢުލާނަށް އިޖާބަލިބިފައި ނުވާތީވެ، އެ އިޢުލާން ބާޠިލް ކުރީމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ފެބުރުވަރީ 9 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބިޑް ރަޖިސްޓަރީ ކުރުމަށް/ ބިޑް ބައްލަވާ ގަތުމަށް އެދޭ ފޯމުން ބިޑް ރަޖިސްޓްރީ ކުރަންވާނެއެވެ.
  • ބިޑް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މިއިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ. ފޯމް މެއިލް ކުރަށްވާނަމަ،  [email protected]  މެއިލް ކުރެއްވުން އެދެމެވެ.
  • މި ބީލަމުގައި ބައިވެރިވެލެއްވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި ބީލަމާއި ގުޅިގެން ވަކި ޙާއްސަ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ.
  • މި މަސައްކަތާއި ގުޅޭ ބީލަން ކަރުދާސް މި އިޢުލާނާއެކީ ޢާންމު ކުރެވިފައިވާނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2026 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2026 ފެބުރުވަރީ 15 ވާ އާދިއްތަ ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                        15 ޝަޢުބާން 1447                

                      3  ފެބުރުވަރީ 2026                     

28 ޖަނަވަރީ 2026
ހޯދާ