ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕްރޮޖެކްޓު އޮފިސަރ / ސީނިއަރ ޕްރޮޖެކްޓު އޮފިސަރ (ދާއިމީ)

މި މަގާމައް ކުރެވުނު ނަންބަރު  IUL)170-HR/170/2026/4) (15 ޖަނަވަރީ 2026) އިއުލާނަށް އެދެވޭ ތަރުހީބެއް ލިބިފައި ނުވާތީ މި ޢިއުލާން ބާތިލުކޮށް މި މަގާމައް އަލުން ޢިއުލާންކުރަމެވެ.

ސީނިއަރ ޕްރޮޖެކްޓު އޮފިސަރެއްގެ މަޤާމަށް ޝަރުތުހަމަވާ ފާރާތެއް ކުރިމަތިނުލާނަމަ މި މަޤާމަށް ނެގުމަށް ހަމަޖެހިފައިވަނީ ޕްރޮޖެކްޓު އޮފިސަރެކެވެ.

މަޤާމު، ރޭންކް އަދި ބާވަތް:

ޕްރޮޖެކްޓު އޮފިސަރ / ސީނިއަރ ޕްރޮޖެކްޓު އޮފިސަރ (ދާއިމީ)

ބޭނުންވާ އަދަދު: 1

މަސައްކަތްކުރަން ޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (މާލޭ ކެންޕަސް)

 

މަޤާމުގެ ޝަރުޠުތައް:

ޕްރޮޖެކްޓު އޮފިސަރ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ސީނިއަރ ޕްރޮޖެކްޓު އޮފިސަރ

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން

 

މަޤާމުގެ އަސާސީ މުސާރައާއި އެލަވަންސްތައް:

ޕްރޮޖެކްޓު އޮފިސަރ

އަސާސީ މުސާރަ: 9,495.00 ރުފިޔާ

މަޤާމުގެ އެލަވަންސް: 2,850.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 75/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ސީނިއަރ ޕްރޮޖެކްޓު އޮފިސަރ

އަސާސީ މުސާރަ: 9,845.00 ރުފިޔާ

މަޤާމުގެ އެލަވަންސް: 4,595.00 ރުފިޔާ

 

ހާޒިރީ އިނާޔަތް: 125/- ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

 

ތަޢުލީމީ ރޮނގުތައް އަދި މަސައްކަތުގެ ދާއިރާތައް:

 

ޕްރޮޖެކްޓް މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، އިންޓަރނޭޝަނަލް ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒްނަސް ޕްރޮޖެކްޓް މެނޭޖްމަންޓް، އައި.ޓީ ޕްރޮޖެކްޓް މެނޭޖްމަންޓް، އިނޮވޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް ޑިވެލޮޕްމަންޓް، ޕްރޮޖެކްޓް އިންޖިނިއަރިންގ، ޕްރޮޖެކްޓް ޕްލޭނިންގ އެންޑް މެނޭޖްމަންޓް، ޕްރޮޖެކްޓް އެންޑް އޮޕަރޭޝަންސް މެނޭޖްމަންޓް، އެނަރޖީ ޕްރޮޖެކްޓް މެނޭޖްމަންޓް، ރިނިއުބަލް ޕްރޮޖެކްޓް މެނޭޖްމަންޓް.ޕްރޮޖެކްޓް އިވެލުއޭޝަން، ޑޭޓާ އެނަލިޓިކްސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް، މެޝަރމަންޓް އެންޑް އިވެލުއޭޝަން.ޕްރޮކިއުމަންޓް މެނޭޖްމަންޓް، ލޮޖިސްޓިކްސް މެނޭޖްމަންޓް، އޮޕަރޭޝަންސް މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް.

ކޮންސްޓްރަކްޝަން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ބިލްޑިންގ ކޮންސްޓްރަކްޝަން، ބިލްޑިންގ ސައިންސް، ކޮންސްޓްރަކްޝަން ސައިންސް.ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން.އިކޮނޮމިކްސް، ޑިވެލޮޕްމަންޓް އިކޮނޮމިކްސް، ޑިވެލޮޕްމަންޓް ސްޓަޑީޒް، ފައިނޭންސް، އެކައުންޓިންގ، އެންވަޔަރަންމަންޓަލް މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް ސައިންސް، މެރީން ރިސޯސް މެނޭޖްމަންޓް، މެރީން ކޮންޒަރވޭޝަން، ސިވިލް އިންޖިނިއަރިންގ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް.

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

ޕްރޮޖެކްޓު އޮފިސަރ

  • އިދާރާއިން ތަރައްޤީކުރާ އިންފްރާސްޓްރަކްޗަރތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެވޯޑް ކުރުމުން، ކޮންޓްރެކްޓް ތައްޔާރުކޮށް މަޝްރޫޢުއާ ގުޅޭ އެންމެހޭ ކަންތައްތައް ބެލެހެއްޓުން
  • މަޝްރޫޢުއަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  • މަޝްރޫޢު ސައިޓް ހަވާލުކުރުމާއި މަޝްރޫޢުއާ ގުޅޭ ގޮތުން ކައުންސިލްތަކާއި އެހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް ކުރުން
  • މަޝްރޫޢު ކުރިއަށްގެންދާ ގޮތް ބެލުމަށް ސައިޓްތަކަށް ދަތުރުކުރުމާއި، ސައިޓް އިންސްޕެކްޝަނަށްފަހު ރިޕޯޓް ތައްޔާރުކޮށް، ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ފިޔަވަޅު އެޅުން
  • މަޝްރޫޢުތައް ކޮންޓްރެކްޓްގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރިއަށްގެންދޭތޯ ބަލައި، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން
  • މަޝްރޫޢުއާ ގުޅޭ ސްޓޭޓަސް ރިޕޯޓް ގަވާއިދުން ތައްޔާރުކުރުން
  • މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާއިރު ދިމާވާ މައްސަލަތައް ހައްލުކޮށް އެކަންކަމާގުޅިގެން ކުރަންޖެހޭ އިދާރާ މަސައްކަތްތައް ކުރުން

 

ސީނިއަރ ޕްރޮޖެކްޓު އޮފިސަރ

  • އިދާރާއިން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް މޮނިޓަރކުރުން
  • އިދާރާއިން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސްޓޭޓަސް ރިޕޯޓް އެކުލަވާލައި، ގަވާއިދުން އަދާހަމަކުރުން
  • މަޝްރޫޢުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއި އެހެނިހެން ފަރާތްތަކާއެކު ހިއްސާކުރަންޖެހޭ މަޢުލޫމާތުތައް ހިއްސާކުރުން
  • ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގައި ޚަރަދުކުރެވޭ ގޮތުގެ ކުއާޓަރލީ ރިޕޯޓް ތައްޔާރުކުރުން
  • އިދާރާއިން ކުރިއަށް ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކުރުމަށް ކުރެވޭ ދަތުރުތަކާގުޅޭގޮތުން ފޮލޯއަޕް ހެދުން
  • އިދާރާއިން ކުރިއަށް ގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަޢުލޫމާތު ވަކި ނިޒާމެއްގެ ދަށުން ބެލެއްހެއްޓުމުގެ މަސައްކަތުގައި އެހީތެރިވުން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)
  • ދިވެހި އަދި އިނގިރޭސި ބަހުން، އަނގަބަހުންނާއި އަދި ލިޔުމުން މުއާސަލާތުކުރުމުގެ ހުނަރުތައް ފުރިހަމައަށް ހުރުން
    • ކޮންސްޓްރަކްޝަން ނުވަތަ އިންޖިނިއަރިންގ ދާއިރާގެ ޓެކްނިކަލް މަސައްކަތްކުރުމުގެ ހުނަރު ހުރުމާއި، ދާއިރާއާ ގުޅޭ ހުއްދަތައް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ދެ ފުށް ފެންނާނެހެން ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީ އަކުން ނުވަތަ ކޮލެޖަކުން ހަދާފައިވާ ކޯހެއްނަމަ އެކްރިޑިޓް ނުވަތަ ވެލިޑޭޓް ކޮށްފައިވާ ކޮޕީ) 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

https://forms.gle/TGV8nou1a38YDSjC9

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

 

އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚް:

 

  • 16 ފެބްރުއަރީ 2026 ދުވަހުގެ 23:59 އަށް

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު 8:00 އިން މެންދުރު 14:00 އަށެވެ.
  • މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 17 ފެބްރުއަރީ 2026 ވަނަ ދުވަހުން 31 މާރިޗު 2026 ވަނަ ދުވަހުގެ މުއްދަތުގެ ތެރޭގައެވެ. އިންޓަރވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 1405 ހޮޓްލައިނަށެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
03 ފެބުރުވަރީ 2026
ހޯދާ